ރޯދައަށް ހުންނަ އިރު ބަނޑު ކައްކާ، ބަނޑުން އަޑުގޮވަނީ ކެއުމުގައި ފަރުވާ ކުޑަކުރާތީ!

ސިއްހީ މައްސަލަތަކާއި ގުޅޭ ގިނަ ދިރާސާތަކުގައި ބުނެފައިވާ ގޮތުގައި ބަނޑުކައްކާ، ބަނޑުން އަޑުގޮވަނީ ގެއުމުގައި ގެންގުޅޭ ނުރަނގަޅު އާދަތަކެއްގެ ސަބަބުންނެވެ. އޭގެ ތެރޭގައި ފާހަގަކޮށްފައިވަނީ މާ އަވަސް އ...

11 May 2020 | 07:45

ސިއްހީ މައްސަލަތަކާއި ގުޅޭ ގިނަ ދިރާސާތަކުގައި ބުނެފައިވާ ގޮތުގައި ބަނޑުކައްކާ، ބަނޑުން އަޑުގޮވަނީ ގެއުމުގައި ގެންގުޅޭ ނުރަނގަޅު އާދަތަކެއްގެ ސަބަބުންނެވެ.

އޭގެ ތެރޭގައި ފާހަގަކޮށްފައިވަނީ މާ އަވަސް އަވަހަށް ކެއުމާއި، އެއްފަހަރާ މާ ގިނައިން އަނގަޔަށް ކާއެއްޗެހި އެޅުމާއި، ރަނގަޅަށް ނުހަފާ ދިރުވާތީ އެވެ. އަދި މާގިނައިން ފޮނި އެއްޗެހި ކެއުމާއި ލޮނުގަދަ އެއްޗެހި ކެއުމަކީ ބަނޑަށް އުނދަގޫ ވާންޖެހޭ މައިގަނޑު ސަބަބެވެ.

މިގޮތަށް ކެއުމުގެ އާދަތައް ބެހެއްޓުމުން ރޯދައަށް ހުރުން ފަދަ ނުކައި ގިނައިރު ހުންނަން ޖެހޭ ވަގުތުތަކުގައި ބައެއް ފަހަރު އާންމުންގެ ތެރޭގައި ބަނޑުން އަޑު ގޮވުމުން ލަދު ގަންނަން ޖެހޭ ފަހަރު އާދެއެވެ. ނޫނީ އަބަދު ބަނޑު ކައްކާތީ ބަނޑުހައި އިހުސާސްވާލެއް އަވަސްވެ އެވެ.

އެހެން ދިމާވަނީ ކެވޭ ގޮތަކުން ކާއެއްޗެހި ހަށިގަނޑުގެ ބައިތަކަށް ދަތުރު ކުރުމުގައި ލަސްވެ، ހޯމޯންސްތައް ވަރުބަލިވާތީ އެވެ.

މިކަމަށް ހައްލެއް ހޯދުމަށް ކެއުމުގައި ބޭނުން ކުރަނގަޅު ހަށިގަނޑަށް ފައިދާ ހުރި ކާނާ އެބަހުއްޓެވެ. އޭގެ ތެރޭގައި އެންމެ ފާހަގަކޮށްލެވޭ އެއްޗަކީ ބީންސް އެވެ. ވަކި ވައްތަރެއްގެ ބީންސްއެއް ނެތެވެ. މަންގް ބީންސް، ރެޑް ބީންސް، ސޯއީ ބީންސް އަދި ބްރޯޑް ބީންސްވެސް ވަރަށް ރަނގަޅުވާނެ އެވެ.

ހަފްތާއަކު މަދުވެގެން ދެ ފަހަރު ރޭގަނޑު ބީންސް ކެއުމަށް އާދަ ކުރާށެވެ. ކޮންމެ ވަގުތަކު ކާއިރު ކޮންމެސް ވައްތަރެއްގެ ކުޑަ ތައްޓެއްގެ ބީންސް ކާންވާނެ އެވެ.

އޭރުން ކޮލެސްޓްރޯން ހުންނަންވީ ވަރަށް ހުރުމުގެ އިތުރުން ފައިބަރާއި، ކެލްސިއަމް އަދި ވިޓަމިން ބީ ހަށިގަނޑަށް ލިބޭނެ އެވެ. ތަފާތު ވައްތަރުގެ ބީންސް އަކީ ހަކުރު މައްޗަށް ދިއުން ކޮންޓްރޯލް ކުރުމަށްވެސް އެހީވެދޭ އެއްޗެ ކެވެ.

ބީންސް ފެނުކައްކައިގެންވެސް ކެއުން ރަނގަޅެވެ. އެގޮތަށް ކާއިރު ވެސް ސަމާލުކަން ދޭންވީ އެއްފަހަރާ ގިނައިން އަނގައަށް އެޅުމުގެ ބަދަލުގައި އަނގައަށް ކުޑައެތިކޮޅެއް އެޅުމަށްފަހު ރަނގަޅަށް ހަފައިގެން ދިރުވުމަށެވެ. އަދި ކައި ނިމިގެން އަވަހަށް ތެދުވެގެން ދިއުމުގެ ބަދަލުގައި އިރުކޮޅެއްގައި އިށީނދެލައިގެން އިނުމަކީ މުހިންމު ކަމެކެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް