އޭޑީކޭ ހޮސްޕިޓަލްގެ މަސައްކަތު މުވައްޒަފުންގެ 12 މީހަކު ކޯވިޑް-19 އަށް ޕޮޒިޓިވް ވެއްޖެއެވެ.
އެ ހޮސްޕިޓަލުން ނެރެފައިވާ ނޫސްބަޔާނެއްގައި ބުނެފައިވަނީ އެ ހޮސްޕިޓަލުގެ ހުޅުމާލެ އެކޮމަޑޭޝަނަށް ކޯވިޑް-19ގެ އަސަރު ފޯރައި، އެތަނުގައި ދިރިއުޅޭ 12 ބިދޭސީ މަސައްކަތު މީހަކު ވަނީ ކޯވިޑް-19އަށް ޕޮޒިޓިވް ވެފައި ކަމަށެވެ.
"މާތް ﷲގެ ރަހްމަތުން އެ އެންމެންގެވެސް ހާލު ރަނގަޅެވެ. އަދި އެންމެންނަށްވެސް އަވަސް ޝިފާއެއް މިންވަރު ކުރެއްވުމަށް މާތް ﷲގެ ހަޒްރަތަށް ދުއާކުރަމެވެ" އޭޑީކޭގެ ބަޔާނުގައި ބުނެފައިވެއެވެ.
އެ ބަޔާނުގައި ބުނެފައިވަނީ ކޯވިޑް-19 އށް ޕޮޒިޓިވްވި މުވައްޒަފުންނާ ކޮންޓެކްޓްވި ފަރާތްތަކުގެ ތަފްސީލު ހޯދާ އެ ފަރާތްތައް ޓެސްޓް ކުރުމުގެ މަސައްކަތް އެޗްޕީއޭއިން ކުރިއަށް ގެންދަވާ ރައްކާތެރިކަމުގެ ފިޔަވަޅުތައް ވަނީ އަޅަން ފަށާފައި ކަމަށެވެ.
https://twitter.com/ADKHospital/status/1259583869344514054
އަދި ހޮސްޕިޓަލުގެ އެތެރޭގައި އަޅާފައިވާ ރައްކާތެރިކަމުގެ ފިޔަވަޅުތަކާއެކު، ރައްޔިތުންނަށް ރައްކާތެރިކަމާއެކު ހިދުމަތް ފޯރުކޮށްދިނުމުގައި ހީވާގިކަމާއި ހިތްވަރާއެކު މުވައްޒަފުން ދައްކަމުންދާ ނަމޫނާއާއި އެކު ރައްޔިތުންގެ ހިދުމަތުގައި އޭޑީކޭ ހޮސްޕިޓަލް، މާތް ﷲގެ ވާގިފުޅާއެކު ދެމިއޮންނާނެ ކަމުގެ ޔަގީންކަން ހުރިހާ ރައްޔިތުންނަށް އަރުވާކަމަށްވެސް އެ ބަޔާނުގައި ބުނެފައިވެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް