މިއަދުވެސް ކޯވިޑްގެ އަދަދު 100އިން ދަށުގައި، މާލެއިން 50 މީހުން

ރާއްޖެއިން މިއަދު ކޯވިޑް-19އަށް ޕޮސިޓިވްވީ 93 މީހުން ކަމަށް ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނެފިއެވެ. މިއަދު ރާއްޖެއިން ކޯވިޑަށް ޕޮސިޓިވްވެފައިވަނީ މާލެއިން 50 މީހުންނާއި އަތޮޅު ތެރެއިނ...

11 Apr 2021 | 17:10

ރާއްޖެއިން މިއަދު ކޯވިޑް-19އަށް ޕޮސިޓިވްވީ 93 މީހުން ކަމަށް ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނެފިއެވެ.

މިއަދު ރާއްޖެއިން ކޯވިޑަށް ޕޮސިޓިވްވެފައިވަނީ މާލެއިން 50 މީހުންނާއި އަތޮޅު ތެރެއިން 21 މީހުންނެވެ. ދެން ޕޮސިޓިވް ވެފައިވަނީ ރިސޯޓުތަކުން 22 މީހުންނެވެ.

ކޯވިޑް-19 އަށް މިއަދު ޓެސްޓުކޮށްފައިވަނީ 3،516 ސާމްޕަލެވެ.

މިވަގުތު ކޯވިޑަށް ފަރުވާ ދެމުން ދަނީ 2،990 މީހުންނަށެވެ. އޭގެ ތެރެއިން 72 މީހުންނަށް ފަރުވާ ދެމުން ދަނީ ހޮސްޕިޓަލްގައި އެޑްމިޓް ކޮށްގެންނެވެ.

ކޯވިޑް ޖެހުނު މީހުންގެ ތެރެއިން 22،551 މީހުން ވަނީ ބަލިން ރަނގަޅުވެފައި އެވެ. މި ބަލީގައި މަރުވެފައިވަނީ 67 މީހުންނެވެ.

ރާއްޖެއިން މިހާތަނަށް ކޯވިޑް ޖެހިފައިވަނީ 25،617 މީހުންނަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް