ސައުދީ އަރަބިއްޔާއަށް ރަމަޟާން މަހުގެ ހަނދެއް ނުފެނުނު!

ސައުދީ އަރަބިއްޔާއަށް މިރޭ ހަނދު ނުފެނުނު ކަމަށް ބުނެ، ރަމަޟާން މަހުގެ ފުރަތަމަ ދުވަހަކީ އަންގާރަ ކަމަށް ކަނޑައަޅައިފިއެވެ. މިރޭ އިސްލާމީ ގައުމުޔަކުގައި ރަމަޟާން މަހަށް ހަނދުބަލާއިރު، ދިވެހިރާއްޖެއަށް...

11 Apr 2021 | 15:46

ސައުދީ އަރަބިއްޔާއަށް މިރޭ ހަނދު ނުފެނުނު ކަމަށް ބުނެ، ރަމަޟާން މަހުގެ ފުރަތަމަ ދުވަހަކީ އަންގާރަ ކަމަށް ކަނޑައަޅައިފިއެވެ.

މިރޭ އިސްލާމީ ގައުމުޔަކުގައި ރަމަޟާން މަހަށް ހަނދުބަލާއިރު، ދިވެހިރާއްޖެއަށް ވެސް ހަނދު ނުފެންނާނެ ކަމަށް އިތުބާރު ހުރި ފަލަކީ ހިސާބުން ދައްކައެވެ.

ފަލަކީ ހޯދުންތަކުގެ އަލިން އެނގޭ ގޮތުގައި، މި އަހަރުގެ ބަރަކާތްތެރި ރަމަޟާން މަސް ފެށޭނީ، މި ހިނގާ އެޕްރީލް މަހުގެ 13 ވާ އަންގާރަ ދުވަހު އެވެ.

ސަބަބަކީ، ޝަޢުބާން މަހުގެ 29 ވަނަ ދުވަހުގެ އިރުއޮއްސުމުގެ ކުރިން ދުނިޔޭގެ ހުރިހާ ތާކަށް ވެސް ހަނދު އޮއްސޭކަމެވެ. މާލެއަށް ބަލާއިރު، މިއަދުގެ އިރު އޮއްސުމުގެ 15 މިނެޓު ކުރިން ހަނދު އޮއްސޭނެއެވެ. އެހެންކަމުން، ޝަޢުބާން މަހުގެ 29 ވަނަ ދުވަހުގެ އިރުއޮއްސުމަށް ފަހު ހަނދު ފެންނާކަށް ނުހުންނާނެ އެވެ. ނަތީޖައެއްގެ ގޮތުން، މި ހިނގާ ޝަޢުބާން މަސް ވާނީ 30 ދުވަހުގެ މަހަކަށެވެ.

މިދިޔަ އަހަރެކޭ ވެސް އެއްފަދައިން، މި އަހަރުގެ ރަމަޟާން މަސް ވެސް ވާނީ 30 ދުވަހުގެ މަހަކަށެވެ. ފިޠުރު ޢީދު ވާނީ އަންނަ މެއި މަހުގެ 13 ވާ ބުރާސްފަތި ދުވަހަށެވެ.

ކުރިއަށް އޮތް ބަރަކާތްތެރި ރަމަޟާން މަހުގެ ތަހުނިޔާއާއި ހެޔޮ އެދުންތައް ލޮބުވެތި ދިވެހި ރައްޔިތުންނަށާއި އެންމެހާ މުސްލިމުންނަށް އަދި ހާއްސަކޮށް ދުވަސް ނޫހުގެ ކިޔުންތެރިންނަށް ފޮނުވަމެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް