ކުޑަކުއްޖަކަށް ޖިންސީ ގޯނާ ކުރުމުގެ ތުހުމަތުގައި ފުލުހުންގެ ބަންދުގައި ހުރި މުހައްމަދު އަހުމަދު (އެމްޑީ) ރަށެއްގެ ކައުންސިލްގެ ރައީސް ކަމަށް އިންތިހާބު ވެއްޖެ އެވެ.
ގދ. ގައްދޫ ކައުންސިލްގެ ރައީސް ކަމަށް އިންތިހާބުވި އެމްޑީ އެ ގޮނޑިއަށް ވާދަ ކުރި ޕީޕީއެމްގެ ކެންޑިޑޭޓެއްގެ ގޮތުގައެވެ.
އެމްޑީ މިވަގުތު ހުރީ ކުޑަ ކުއްޖަކަށް ޖިންސީ ގޯނާކުރި ކަމުގެ ތުހުމަތުގައި މާފުށީ ޖަލު ބަންދުގައެވެ. މައުލޫމާތު ލިބިފައިވާ ގޮތުގައި އޭނާ ވަނީ އުމުރުން 18 އަހަރުން ދަށުގެ ކުއްޖަކަށް ޖިންސީގޯނާ ކުރި ކަމުގެ ތުހުމަތުގައި މީގެ ފަސް މަހެއްހާ ދުވަސް ކުރިން ހައްޔަރުކޮށްފައެވެ.
އެމްޑީ އިންތިހާބުވުމުން ފާޑުކިޔުން އަމާޒުވެފައިވަނިކޮށް، އިލެކްޝަން ކޮމިޝަންގެ ރައީސް އަހުމަދު ޝަރީފް ވިދާޅުވީ ކޯޓުގައި މައްސަލައެއް އޮތުމަކީ އިންތިހާބަށް ކުރިމަތިލާފައިވާ މީހެއްގެ ކެންޑިޑެސީ ބާތިލުވާ ކަމެއް ނޫން ކަމެވެ.
އެމްޑީގެ ކެނޑިޑެސީއާ ގުޅިގެން، އިންތިޚާބުގެ ކުރިން ގިނަ ބަޔަކު ކަންބޮޑުވުން ފާޅުކުރިއެވެ. އަދި އެ މައްސަލަ ސީރިއަސް މައްސަލައެއްގެ ގޮތުގައި ބަލަމުންދާ ކަމަށް އޭނާ ނިސްބަތްވާ ޕީޕީއެމް އިން ބުނެފައިވެއެވެ.
ނަމަވެސް، މައުލޫމާތު ލިބޭ ގޮތުގައި، މިހާތަނަށް އެމްޑީއާމެދު ފިޔަވަޅެއް އަޅާފައެއް ނުވެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް