އދ. ހަންޏާމީދޫ ރައީސްގެ ގޮނޑި މޫސާ ނާޡިމް ދިފާޢުކުރައްވައިފިއެވެ.
ނާޡިމް އަމިއްލަގޮތުން ވާދަކުރައްވައި ކުރި ހޯއްދެވިއިރު، މި ގޮނޑިއަށް ނާޡިމްގެ އިތުރުން ވާދަކުރައްވާފައި ވަނީ އެމްޑީޕީގެ ކެނޑިޑޭޓް ޢުބައިދުﷲ މުޙައްމަދެވެ.
" ކެރޭނެ، ކުރާނެ، މިކަން ފެންނަންވެސް އެބަ އޮތް" މި އަޒުމުގައި ކުރިއަށް ދިޔަ ނާޡިމް ވަނީ ދެވަނަ ދައުރަކަށް އޭނާ ހޮވީތީ ހަންޏާމީދޫ ރައްޔިތުންނަށް ޝުކުރު އަދާކޮށްފައެވެ.
ނާޡިމް ވިދާޅުވީ ރަށުގެ ކުރިމަގާމެދު ވިސްނަވާ ފާއިތުވެދިޔަ ދުވަސްތަކުން ޢިބުރަތްލިބިގަނެ މުސްތަޤުބަލް އުޖާލާކުރުމަށް ދެ ވަނަ ދައުރަކަށް އޭނާއަށް އިތުބާރުކޮށް ވޯޓް ދިނުމުން އިހްލާސްތެރި ކަމާއި އެކު ޝުކުރު އަދާ ކުރައްވާ ކަމަށެވެ.
ނާޡިމް ވިދާޅުވީ އެންމެންނަކީ އެއްބައެއްގެ ގޮތުގައި ގުޅިގެން މަސައްކަތް ކުރާ ބަޔަކަށް ވުމަށް އެދިވަޑައިގެންނަވާ ކަމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް