މާލެސިޓީ ކައުންސިލްގެ ހެންވޭރު ހުޅަނގު ދާއިރާ އައިފާން ކާމިޔާބުކޮށްފިއެވެ.
އައިފާން މި މަޤާމަށް ކާމިޔާބު ކޮށްފައި ވަނީ، އޭނާގެ އިތުރުން ހެނވޭރު ހުޅަނގު ދާއިރާއަށް ވާދަކުރެއްވި ތިން ބޭފުޅުންގެ މައްޗަށް ކުރި ހޯއްދަވައިގެންނެވެ.
އައިފާންގެ އިތުރުން މި ގޮނޑިއަށް ވާދަކޮށްފައި ވަނީ އެމްޑީޕީގެ ފަރާތުން ވާދަކުރެއްވި ޢާއިޝަތު މޫސާ، އަމިއްލަގޮތުން ވާދަކުރެއްވި އަޙްމަދު އާސިމް އަދި އެމްއާރްއެމްއިން ވާދަކުރެއްވި ރަޙުމާ މޫސާއެވެ.
އައިފާނ އާއި އެކު މާލޭ ސިޓީ ކައުންސިލަށް ޕީޕީއެމްގެ 12 ކެންޑިޑޭޓަކު އިންތިހާބުވެފައިވެ ކައުންސިލްގެ މެޖޯރިޓީ ވަނީ އެޕާޓީން ނަގާފަ އެވެ. އަދި މާލޭ ސިޓީގެ މޭޔަރުގެ މަގާމަށްވެސް އިންތިހާބުވެސް ކާމިޔާބު ކުރީ އިދިކޮޅު ޕީޕީއެމްއިންނެވެ.
އިންތިހާބުގައި މާލޭ ސިޓީގައި ވޯޓުލުމުގެ ހައްގު ލިބިފައިވާ މީހުންގެ ތެރެއިން ވޯޓުލާފައިވަނީ 22 ޕަސެންޓު މީހުންނެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް