ކުރިޔަށް އޮތް ރަމަޟާން މަހުގެ ހަނދު ސާބިތު ކުރުމަށް ބާއްވާ ޖަލްސާ މިރޭ އޮންނާނެ އެވެ.
މި ޖަލްސާ ބޭއްވުމަށް ހަމަޖެހިފައިވަނީ މިރޭ 8:30 ގައި އިސްލާމިކް މިނިސްޓްރީ ގައި އެވެ.
ޑިޕާޓްމަންޓް އޮފް ޖުޑިޝަލް އެޑްމިނިސްޓްރޭޝަން (ޑީޖޭއޭ) އިން ބުނީ ކުރީ އަހަރުތަކެކޭ ވެސް އެއްފަދައިން މިއަހަރު ވެސް ރޯދަމަހުގެ ހަނދު ސާބިތު ކުރުމަށްޓަކައި ރޯދަމަހުގެ ހަނދު ދުށް މީހަކު ނުވަތަ ބަޔަކު ހެކިބަސް ދިނުމަށް ހަމަޖެހިފައިވަނީ މާލޭގައި ނަމަ މާލޭގެ ކޯޓެއްގެ ގާޒީއެއްގެ ކުރި މަތީގައި ކަމަށެވެ. އަދި ރަށްރަށުގައި މެޖިސްޓްރޭޓް ކޯޓުގައި ކަމަށެވެ.
ޑީޖޭއޭއިން ބުނީ ހަނދު ފެނިގެން އެކަމުގެ މައުލޫމާތުދޭ އިރު ގާތްގަނޑަކަށް ހަނދުހުރި އުސްމިނާއި، މިސްރާބާއި، އަދި އެނޫންވެސް އެފަދަ މުހިންމު މައުލޫމާތު ދޭންވާނެ ކަމަށެވެ.
ރޯދަމަހުގެ ހަނދުގެ މައްސަލަ ވަކިގޮތަކަށް ނިމެންދެން މިއަދު ހަވީރު 5.30 އިން ފެށިގެން އެ ޑިޕާޓްމަންޓާއި، ރަށްރަށުގެ މެޖިސްޓްރޭޓް ކޯޓުތަކާއި، ރަށު ކައުންސިލްގެ އިދާރާ ތަކާއި، އަތޮޅު ކައުންސިލްގެ އިދާރާތައް ހުޅުވާފައި ހުންނާނެ ކަމަށް ޑީޖޭއޭއިން ބުނެއެވެ.
އެމްއެންޑީއެފުން ބުނީ މިރޭ ހަނދު ސާބިތުވެއްޖެ ނަމަ ބަޑި ޖެހުމުގެ ރަސްމިއްޔާތި ޖުމްހޫރީ މައިދާނުގައި އޮންނާނެ ކަމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް