އުންމީދަކީ ހޮވިވަޑައިގެންނެވި ފަރާތްތަކުގެ އެއްބާރުލުން ލާމަރުކަޒީ ނިޒާމަށް ލިބުން: ރައީސް ސޯލިހް

އިންތިޚާބުން ހޮވިވަޑައިގެންނެވި އެންމެހައި ފަރާތްތަކާއިއެކު ލާމަރުކަޒީ ނިޒާމުގެ ތެރެއިން ރާއްޖޭގެ އިދާރީ ދާއިރާތައް ހިންގުމުގައި އެފަރާތްތަކުގެ ފުރިހަމަ އެއްބާރުލެއްވުން ލިބޭނެކަމަށް އުންމީދުކުރައްވާކ...

11 Apr 2021 | 10:10

އިންތިޚާބުން ހޮވިވަޑައިގެންނެވި އެންމެހައި ފަރާތްތަކާއިއެކު ލާމަރުކަޒީ ނިޒާމުގެ ތެރެއިން ރާއްޖޭގެ އިދާރީ ދާއިރާތައް ހިންގުމުގައި އެފަރާތްތަކުގެ ފުރިހަމަ އެއްބާރުލެއްވުން ލިބޭނެކަމަށް އުންމީދުކުރައްވާކަމުގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވިދާޅުވެއްޖެއެވެ.

ރައީސް ސޯލިހް މިހެން ވިދާޅުވީ މިއަދު ސަރުކާރުން ނެރުނު ކުރު ނޫސްބަޔާނެއްގައެވެ.

އެ ނޫސްބަޔާނުގައި ލޯކަލް ކައުންސިލް އިންތިޚާބުގައި ސިޓީ ކައުންސިލް، އަތޮޅު ކައުންސިލް، ރަށު ކައުންސިލް، އަދި ޑަބްލިއުޑީސީ ގެ ގޮނޑިތަކަށް ވާދަކުރައްވާ ކާމިޔާބީ ހޯއްދެވި ހުރިހާ ކެނޑިޑޭޓުންނަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް މަރުޙަބާ ދަންނަވާފައިވެއެވެ.

"މި އިންތިޚާބުން ހޮވިވަޑައިގެންނެވި އެންމެހައި ފަރާތްތަކާއިއެކު ލާމަރުކަޒީ ނިޒާމުގެ ތެރެއިން ރާއްޖޭގެ އިދާރީ ދާއިރާތައް ހިންގުމުގައި އެފަރާތްތަކުގެ ފުރިހަމަ އެއްބާރުލެއްވުން ލިބޭނެކަމަށް އެމަނިކުފާނު އުންމީދުކުރައްވައެވެ." އެ ނޫސްބަޔާނުގައި ވިދާޅުވެފައިވެއެވެ.

ރައީސް ސޯލިހް އިތުރަށް ވިދާޅުވީ މި އިންތިޚާބުގައި ރައްޔިތުން ލީ ވޯޓާއި، ރައްޔިތުންގެ އިޙްސާސްތައް ފުރިހަމައަށް ސަރުކާރުން ބަލައިގަނެ، އަދި، ރައްޔިތުންގެ ވިންދާ އެއްގޮތަށް ސަރުކާރުގެ ހިންގުން ކުރިއަށް ގެންދާނެކަމުގެ ފުރިހަމަ ޔަޤީންކަން އަރުވާކަމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް