ރައްޔިތުން ކުރި އިތުބާރު ނަތީޖާއިން އަދާކޮށްދޭނަން: ޑރ. މުއިއްޒު

މާލޭގެ އިންތިހާބީ މޭޔަރު ޑރ. މުހައްމަދު މުއިއްޒުއަށް ރައްުޔިތުން ކުރެއްވި އިތުބާރު އަމާނާތްތެރިކަމާއި އެކު ނަތީޖާއިން އަދާކޮށްދޭނެ ކަމަށް އޭނާ ވިދާޅުވެއްޖެ އެވެ. ވަގުތީ ނަތީޖާއިން ދައްކާގޮތުގައި ޑރ. މ...

11 Apr 2021 | 09:19

މާލޭގެ އިންތިހާބީ މޭޔަރު ޑރ. މުހައްމަދު މުއިއްޒުއަށް ރައްުޔިތުން ކުރެއްވި އިތުބާރު އަމާނާތްތެރިކަމާއި އެކު ނަތީޖާއިން އަދާކޮށްދޭނެ ކަމަށް އޭނާ ވިދާޅުވެއްޖެ އެވެ.

ވަގުތީ ނަތީޖާއިން ދައްކާގޮތުގައި ޑރ. މުއިއްޒު މާލޭ މޭޔަރުކަން ކާމިޔާބު ކުރެއްވީ އެމްޑީޕީގެ ކެންޑިޑޭޓު އަނަސް އަބްދުއް ސައްތާރާއި އަމިއްލަ ކެންޑިޑޭޓު އަލްހާން ފަހުމީ ބޮޑު ތަފާތަކުން ބަލިކޮށްގެންނެވެ.

މުއިއްޒު މިއަދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ މާލޭގެ ރައްޔިތުންގެ ކުރިމަގު ބައްޓަން ކުރުމުގައި ނަތީޖާ ނެރެދެވޭނެކަމުގެ ޔަގީން ކަން އޭނާ އާއި މެދު އޮތްކަން ހާމަކޮށްދެއްވީތީ ޝުކުރު އަދާ ކުރައްވާ ކަމަށެވެ. އަދި ރައްޔިތުން ކުރި އިތުބާރު ނަތީޖާއިން އަދާކޮށްދޭނެ ކަމަށް ވިދާޅުވި އެވެ.

https://twitter.com/MMuizzu/status/1381131013720399876

މުއިޒް މޭޔަރުކަން ކާމިޔާބު ކުރެއްވި އިރު ޕީޕީއެމްއިން ވަނީ މާލޭ ސިޓީ ކައުންސިލްގެ 12 ގޮނޑި ނަގާފަ އެވެ.

މާލޭ ސިޓީ ކައުންސިލަށް އިންތިހާބު ކުރަން ޖެހެނީ 19 މެމްބަރުންނެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް