ފައިޒާ ވެކްސިން ޖަހައިދޭނީ ހުޅުމާލޭ ހޮސްޕިޓަލާއި އޭޑީކޭ ހޮސްޕިޓަލްގައި

މިއަދު ކޯވިޑް-19 އަށް އަލަށް ރާއްޖޭގައި ދޭން ފެށި ފައިޒާ ވެކްސިން ދެމުން ދާނީ ދެ ހޮސްޕިޓަލެއްގައި ކަމަށް ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނެފިއެވެ. ފައިޒާ ވެކްސިން ރާއްޖޭގައި ޖަހައިދެނީ ...

11 Apr 2021 | 08:50

މިއަދު ކޯވިޑް-19 އަށް އަލަށް ރާއްޖޭގައި ދޭން ފެށި ފައިޒާ ވެކްސިން ދެމުން ދާނީ ދެ ހޮސްޕިޓަލެއްގައި ކަމަށް ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނެފިއެވެ.

ފައިޒާ ވެކްސިން ރާއްޖޭގައި ޖަހައިދެނީ އުމުރުން 16 އަހަރުންމަތީގެ ބޮޑެތި ބަލިތަކަށް ފަރުވާ ހޯދާ ކުދިންނާއި މީހުންނަށެވެ.

އެޗްޕީއޭއިން މިއަދު ބުނީ ފައިޒާ ވެކްސިން މިއަދުން ފެށިގެން ޖަހައިދެމުން ދާނީ ހުޅުމާލޭ ހޮސްޕިޓަލާއި އޭޑިކޭ ހޮސްޕިޓަލްގައި ކަމަށެވެ. އަދި އެ ދެ ހޮސްޕިޓަލަށް ވެކްސިން ޖަހަން ދާނީ ފައިޒާ ވެކްސިނަށް ރެޖިސްޓްރީ ކުރި މީހުންގެ ތެރެއިން އެޗްޕީއޭއިން ގުޅައި ދާން ޖެހޭ ގަޑިއަންގާ މީހުން ނެވެ.

ފައިޒާ ވެކްސިން ދޭންފަށާފައިވަނީ މިއަދު ހެނދުނު 9:00 ގައި އެވެ.

ފައިޒާ ވެކްސިން ދޭނީ ގުނަވަންތައް ބަދަލު ކޮށްފައިވާ މީހުންނާއި ޑަޔަލަސިސް ގަވައިދުން ހަދާ މީހުން، ކެންސަރު ބަލި ޖެހިފައިވާ މީހުންގެ ތެރެއިން ތެރެއިން ކީމޯތެރަޕީ ނުވަތަ ރޭޑިއޯތެރަޕީ ފަރުވާ ހޯދާ މީހުންނަށެވެ. އަދި ދިފާއީ ނިޒާމު ދެރަކުރާފަދަ ބޭސް ބޭނުން ކުރާ 16 އަހަރާއި 17 އަހަރުގެ ކުދިންނާއި މީހުންނަށެވެ.

އެގޮތަށް ހަމަޖައްސާފައިވަނީ ރާއްޖެއަށް ފައިޒާ ވެކްސިންގެ ޑޯޒު ލިބިފައިވާ އަދަދަށް ބަލައިގެންނެވެ. ކޯވެކްސް ފެސިލިޓީގެ ދަށުން ރާއްޖެއަށް ލިބިފައިވަނީ ފައިޒާ ވެކްސިންގެ 5،500 ޑޯޒެވެ.

އެޗްޕީއޭއިން ބުނީ ފައިޒާ ވެކްސިނަކީ ފިނިހޫނުމިން 70 -ޑިގްރީގައި ބަހައްޓަންޖެހޭ ވެކްސިނެއްކަމުގައިވާތީ މިވެކްސިން މައިގަޑުގޮތެއްގައި ޖަހާނީ ރާއްޖޭގައި ދޭނީ މާލެ ސަރަހައްދުގައި އެކަނިކަމަށެވެ.

ވެކްސިން ދޭން ހަމަޖައްސާފައި ވަނީ ރާއްޖެއަށް ލިބިފައިވާ ފައިޒާ ވެކްސިންގެ މުޅި އަދަދުން ދެ ޑޯޒް ފޯރުކޮށްދެވޭނެ އަދަދަށް ބަލައިގެން ނެވެ. އަދި މި ވެކްސިން ދިނުމުގައި އުމުރުން ދޮށީ ފަރާތްތަކަށް އިސްކަންދެވޭނެ ކަމަށް އެޗްޕީއޭއިން ބުނެ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް