ރާއްޖޭގައި ޗުއްޓީ ހޭދަ ކުރަމުންދާ ބޮލީވުޑްގެ ކުރީގެ ބަތަލާ މަދޫރީ ޑިކްސިޓް ސޯޝަލް މީޑިއާގައި ހިއްސާ ކުރަމުންދާ ފޮޓޯތަކަށް ގިނަ ބައެއްގެ ސަމާލުކަން ދަނީ ލިބެމުންނެވެ.
އިއްޔެ މަދޫރީ ރަސްމީ އިންސްޓަގްރާމްގައި ހިއްސާކުރި ފޮޓޯއިން އިތުރު ސަމާލު ކަމެއް ދަނީ ލިބެމުންނެވެ. މަދޫރީ ހިއްސާކުރި ފޮޓޯގައި ފެންނަނީ ފަހަތުން އިރު ފެންނާނެހެން ރަތްކުލައިގެ މާޖެހި މޫދު ހެދުމަކާއި އެކު ރަތްކުލައި ސޯޓެއް ލައިގެންހުންނަ ތަނެވެ.
ފޮޓޯ އާންމު ކުރުން އިންޑިއާ މީޑިއާ ސިފަ ކުރީ އެ ފޮޓޯގައި މަދޫރީގެ ހިނިތިންވުން ރާއްޖޭގައި އަރާފައި ހުރި އިރާއި އެއްވަރު ކަމަށެވެ. މަދޫރީގެ ހިނިތުންވުން އެހާ އުޖާލާވެފައި ރީތި ކަމަށް ސިފަކޮށްފައި އެވެ.
އެ ފޮޓޯ ހިއްސާ ކުރަމުން އޭނާ ބުނެފައިވަނީ ފޮޓޯ ނަގި ވަގުތަކީ ޖާދޫގެ ވަގުތެއް ކަމަށެވެ. އެ ފޮޓޯއަށް އެތައް ލައްކަ ބަޔަކު ލައިކްދީ ކޮމެންޓު ކޮށްފައިވެއެވެ.
މީގެ ކުރިންވެސް މަދޫރީ ވަނީ ރާއްޖޭގެ ހިތްގައިމު މަންޒަރުތައް ފެންނަ ފޮޓޯތައް ސޯޝަލް މީޑީއާގައި ހިއްސާކޮށްފައި އެވެ.
މަދޫރީ ރާއްޖޭގައި ޗުއްޓީ ހޭދަކުރީ ނ. އަތޮޅުގައި ހިންގާ ސޮނެވާ ޖާނީ ރިސޯޓުގައި އެވެ.
https://www.instagram.com/p/CNcgxkHnpLr/
މަދޫރީ ރާއްޖެ އައިސް އުޅެނީ ފިރިމީހާ ޝްރީރާމް ނޭނޭ އާއި އެކުއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް