މުއިއްޒުއަށް އެއްބާރުލުން ދޭނެކަމަށް ނަޝީދު ވިދާޅުވެއްޖެ

މާލެ ސިޓީގެ މޭޔަރުކަމަށް އިންތިޚާބުވެ ވަޑައިގެންފައިވާ ޑރ. މުޙައްމަދު މުއިއްޒުއަށް އެއްބާރުލުން ދެއްވާނެ ކަމަށެ ރައްޔިތުންގެ މަޖިލީހުގެ ރައީސް މުޙައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ. އެމްޑީީޕީގެ ކެންޑިޑޭޓ...

11 Apr 2021 | 06:05

މާލެ ސިޓީގެ މޭޔަރުކަމަށް އިންތިޚާބުވެ ވަޑައިގެންފައިވާ ޑރ. މުޙައްމަދު މުއިއްޒުއަށް އެއްބާރުލުން ދެއްވާނެ ކަމަށެ ރައްޔިތުންގެ މަޖިލީހުގެ ރައީސް މުޙައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

އެމްޑީީޕީގެ ކެންޑިޑޭޓު އަނަސް އަބްދުއް ސައްތާރާއި އަމިއްލަ ކެންޑިޑޭޓު އަލްހާން ފަހުމީއާ ވާދަކޮށް ޑރ. މުއިއްޒު އިންތިހާބު ކާމިޔާބު ކުރެއްވީ ބޮޑުތަފާތަކުންނެވެ. ޑރ. މުއިއްޒު އިންތިހާބު ކާމިޔާބު ކުރުމުން އަނަސް ވަނީ ބަލި ގަބޫލު ކުރައްވާ މަރުހަބާ ވިދާޅުވެފައި އެވެ.

ރައީސް ނަޝީދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ އުންމީދު ކުރައްވަނީ މާލޭގެ ކަންކަން ހައްލުކުރުމުގައި މުއިއްޒު ބުރަކޮށް މަސައްކަތް ކުރައްވާނެ ކަމަށެވެ. އަދި އެމަނިކުފާނުގެ ފަރާތްޕުޅުން ދޭން ޖެހޭ ފުރިހަމަ އެއްބާރުލުން ދެއްވާނެ ކަމަށް ވިދާޅުވި އެވެ.

އެ ޓުވީޓުގައި ނަޝީދު ވިދާޅުވީ މާލެ ފިޔަވާ އެހެން ގިނަ ކައުންސިލްތަކުގެ އަގުލަބިއްޔަތު އެމްޑީޕީ ހޯދާފައިވާ ކަމަށް ވިދާޅުވެފައިއެވެ.

https://twitter.com/MohamedNasheed/status/1381110617461858308

އިންތިހާބުވިކަން ކަށަވަރުވުމާއެކު ކުށްލި ގޮތަކަށް ނޫސްވެރިންނާ ރޭގެ ވަގުތެއްގައި ބައްދަލު ކުރައްވައި، ޑރ. މުއިއްޒު ވިދާޅުވީ ސަރުކާރާއެކު މަސައްކަތްތައް ކުރާނެ ކަމަށެވެ. އަދި ރައްޔިތުންނާއި ފައިދާހުރި ކަންކަމުގައި ސަރުކާރުގެ ސިޔާސަތުތައް ތަންފީޒްކުރުގައި މަސައްކަތް ކުރާއްވާނެކަމަށް މުއިއްޒު ވިދާޅުވި އެވެ.

މުއިއްޒު ވަނީ މައްސަލަތައް ހައްލުކުރުމުގައި ނަތީޖާތައް ނެރެދެއްވާނެކަމުގެ ޔަޤީންކަންވެސް ރައްޔިތުންނަށް ދެއްވާފަ އެވެ. އެގޮތުން މާލޭގެ ރައްޔިތުން ފާހަގަކުރެއްވި ބައެއް މައްސަލަތައް ނޫސްވެރިންގެ ބައްދަލުވުުމުގައި ވިދާޅުވެ، އެ މައްސަލަތަކަށް ހައްލު ގެނައުމަށް ފުރަތަމަ ދުވަހުން ފެށިގެން މަސައްކަތް ކުރައްވާނެކަމަށް މުއިއްޒު ވިދާޅުވި އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް