ނައިފަރުގައި ކޯވިޑަށް ޕޮސިޓިވް 269 މީހުން އެބަތިބިކަމަށް ހެލްތް އެމަޖެންސީއޮޕަރޭޝަން ޕްރޮޓެކްޝަން އެޖެންސީ އެޗްޕީއޭއިން ބުނެފި އެވެ.
ނައިފަރުން ކޯވިޑް ކޭސްތަކެއް ފެނި ރަށް މޮނިޓަރިންގެ ހާލަތަށް ގެނައީ މިދިޔަ މަހުގެ23 ވަނަ ދުވަހުއެވެ. އެ ރަށުން މިހާތަނަށް ދެ ކްލަސްޓާއެއް ފެނިފައިވެ އެވެ.
އެ ރަށުން ފެނިފައިވަނީ ވެލިވަރާއި ގުޅުން ހުރި ކްލަސްޓާ އަކާއި އެކު ކްލަސްޓާ އާއި ގުޅިގެން ނެގި ރެންޑަމް ސާމްޕަލްތަކުން ފާހަގަވި ކްލަސްޓާ އެކެވެ. ނައިފަރުގައި ވެލިވަރު ކްލަސްޓާ އާއި ގުޅުން ހުރި 100 އަށްވުރެ ގިނަ ޕޮސިޓިވް މީހުން އެބަތިއްބެވެ.
އިއްޔެ އެ ރަށުން ކޯވިޑް ޖެހިފައިވަނީ 11 ދިވެހިންނަށެވެ. އަދި މިހާތަނަށް ނައިފަރުން 269 މީހުން ކޯވިޑަށް ޕޮސިިޓިވްވެފައިވެ އެވެ.
ޕޮސިޓިވްވެފައިވާ މީހުންގެ ތެރޭގައި ހިމެނެނީ 250 ދިވެހިންނާއި 19 ބިދޭސީންނެވެ. އެޗްޕީއޭއިން ބުނީ އެ ރަށުން ކޯވިޑް ޖެހިފައިވާ237 މީހުންނަކީ ކޮންޓެކްޓުންގެ ގޮތުގައި ބެލެވިގެން ޓެސްޓު ކުރި އިރު ޕޮސިޓިވްކަން އެނގުނު މީހުން ކަމަށެވެ.
ނައިފަރުުގައި ކޯވިޑް ފެތުރުން އިތުރުވެފައިވާތީ މިމަހުގެ އެއް ވަނަ ދުވަހުން ފެށިގެން ވަނީ ކޯވިޑް ކޮންޓްރޯލް ކުރުމަށް އިތުރު ފިޔަވަޅުތަކެއް އަޅާފައި އެވެ. އެ ފިޔަވަޅުތަކަށް ކަނޑައެޅި މުއްދަތު ހަމަވާނީ މާދަމާ އަށެވެ.
ނައިފަރުގެ އިތުރުން އެ އަތޮޅު އޮޅުވެލިފުށީ، ހިންނަވަރު، ކުރެންދޫ އަދި ސިނާއީ ރަށް ފެލިވަރު އޮތީ މޮނިޓަރިންގެ ހާލަތުގައި އެވެ. އަދި އދ. މާމިގިއްޔާ، ތ. ވިލުފުއްޓާއި ވޭމަންޑޫގެ އިތުރުން ލ. ހުރާ އާއި ދިއްފުށި އޮތީ މޮނިޓިންގެ ހާލަތުގައި އެވެ.
މިވަގުތު އަތޮޅު ތެރޭގައި1،001 އެކްޓިވް ކޭސްތައް އެބަ ހުއްޓެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް