މީ ޕާޓީގެ ވެރިކަމަކީ ވިރާސީ ރަސްކަމެއް ނޫންކަމަށް ގަބޫލުކޮށް އެކަތިގަނޑަކަށް ވާންވީ ވަގުތު: ރީކޯ މޫސަ

މިއީ އެމްޑީޕީގެ ވެރިކަމަކީ ވިރާސީ ރަސްކަމެއް ނޫންކަމަށް ގަބޫލުކޮށް އެކަތިގަނޑަކަށް ވާންވީ ވަގުތު ކަމުގައި އެމްޑީޕީގެ ކުރީގެ ޗެއާޕާސަން ރީކޯ މޫސާ މަނިކު (ރީކޯ މޫސަ) ވިދާޅުވެއްޖެއެވެ. މޫސަ މިހެން ވިދާޅު...

10 Apr 2021 | 20:08

މިއީ އެމްޑީޕީގެ ވެރިކަމަކީ ވިރާސީ ރަސްކަމެއް ނޫންކަމަށް ގަބޫލުކޮށް އެކަތިގަނޑަކަށް ވާންވީ ވަގުތު ކަމުގައި އެމްޑީޕީގެ ކުރީގެ ޗެއާޕާސަން ރީކޯ މޫސާ މަނިކު (ރީކޯ މޫސަ) ވިދާޅުވެއްޖެއެވެ.

މޫސަ މިހެން ވިދާޅުވެފައިވަނީ މިއަދު ކުރިއަށްދިޔަ އިންތިހާބުގައި އެމްޑީޕީއަށް ލިބުނު ނަތީޖާއަށް ރިއާޔަތްކޮށް ކުރެއްވި ޓްވީޓެއްގައެވެ.

އެ ޓްވީޓްގައި މޫސަ ވިދާޅުވެފައިވަނީ ދުނިޔަވީ ކަންކަމުން އިބްރަތް ހާސިލްކޮށް ސިޔާސީ އޮއެވަރު ދެނެތިބެ އެމްޑީޕީ މެންބަރުން އެކަތިގަނޑަކަށް ވާންޖެހޭކަމުގެ ފިލާވަޅު ލިބެމުން އަންނަ ކަމަށެވެ.

"ޕާޓީގެ ވެރިޔަކީ އެ ވަގުތަކު ސިޔާސީ ގޮތުން އެންމެ އިސް މީހާކަން ގަބޫލުކޮށް ޕާޓީގެ ވެރިކަމަކީ ވިރާސީ ރަސްކަމެއް ނޫންކަން ގަބޫލުކުރަންވީ" މޫސަގެ ޓްވީޓްގައި ވިދާޅުވެފައިވެއެވެ.

މޫސަގެ މި ބަސްތައް އަމާޒުކޮށްފައިމިވަނީ ރައީސް ނަޝީދަށް ކަމުގައި ސިފަ ކުރެވެއެވެ.

މި އިންތިހާބުގައި އެމްޑީޕީއަށް ވަނީ ނާކާމިޔާބީތަކަކާ ކުރިމަތިލާން ޖެހިފައެވެ. އެގޮތުން މާލެ ސިޓީގެ މޭޔަރުކަން ގެއްލި މާލޭ ސިޓީ ކައުންސިލްގެ މެޖޯރިޓީވެސް ގެއްލިފައެވެ. އައްޑޫ ސިޓީގެ ސާފު މެޖޯރިޓީވެސް ވަނީ ގެއްލިފައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް