ސަރުކާރާއެކު މަސައްކަތްކޮށް، ނަތީޖާ ނެރިދޭނަން: ޑރ. މުއިއްޒު

ރައްޔިތުންނަށް ފައިދާ ވާނެ ކޮންމެ ކަމެއްގައި ސަރުކާރާއެކު މަސައްކަތް ކުރާނެކަމަށާއި، މަަސައްކަތްކޮށް ނަތީޖާ ނެރެދޭނެކަމަށް މާލެ ސިޓީގެ އިންތިހާބީ މޭޔަރު ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ. އިން...

10 Apr 2021 | 19:31

ރައްޔިތުންނަށް ފައިދާ ވާނެ ކޮންމެ ކަމެއްގައި ސަރުކާރާއެކު މަސައްކަތް ކުރާނެކަމަށާއި، މަަސައްކަތްކޮށް ނަތީޖާ ނެރެދޭނެކަމަށް މާލެ ސިޓީގެ އިންތިހާބީ މޭޔަރު ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

އިންތިހާބުވިކަން ކަށަވަރުވުމާއެކު ކުށްލި ގޮތަކަށް ނޫސްވެރިންނާ މިރޭ ބައްދަލު ކުރައްވައި، ޑރ. މުއިއްޒު ވިދާޅުވީ ސަރުކާރާއެކު މަސައްކަތްތައް ކުރާނެ ކަމަށެވެ. އަދި ރައްޔިތުންނާއި ފައިދާހުރި ކަންކަމުގައި ސަރުކާރުގެ ސިޔާސަތުތައް ތަންފީޒްކުރުގައި މަސައްކަތް ކުރާއްވާނެކަމަށް މުއިއްޒު ވިދާޅުވި އެވެ.

ޑރ. މުއިއްޒު ވިދާޅުވީ ރައްޔިތުންނަށް ގެއްލުމެއް ލިބޭނެކަމެއް ނަަމަ، އެކަމުގައި ރައްޔިތުންގެ ބަސް ސަރުކާރާއި ހަމައަށް ގެންގޮސްދޭނެކަމަށެވެ. އަދި އެފަދަ ކަންކަން ހައްލުކުރުމަށް މަސައްކަތް ކުރައްވާނެކަމަށް މުއިއްޒު ވިދާޅުވި އެވެ.

މުއިއްޒު ވަނީ މައްސަލަތައް ހައްލުކުރުމުގައި ނަތީޖާތައް ނެރެދެއްވާނެކަމުގެ ޔަޤީންކަންވެސް ރައްޔިތުންނަށް ދެއްވާފަ އެވެ. އެގޮތުން މާލޭގެ ރައްޔިތުން ފާހަގަކުރެއްވި ބައެއް މައްސަލަތައް ނޫސްވެރިންގެ ބައްދަލުވުުމުގައި ވިދާޅުވެ، އެ މައްސަލަތަކަށް ހައްލު ގެނައުމަށް ފުރަތަމަ ދުވަހުން ފެށިގެން މަސައްކަތް ކުރައްވާނެކަމަށް މުއިއްޒު ވިދާޅުވި އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް