ޝާހިދު ޔޫއޭއީގެ ފޮރިން މިނިސްޓަރާ ފޯން ގުޅުއްވައި މަޝްވަރާކުރައްވައިފި

މިނިސްޓަރ އޮފް ފޮރިން އެފެއަރޒް އަބްދުﷲ ޝާހިދު، ޔޫއޭއީގެ ފޮރިން މިނިސްޓަރ ޝައިޚް އަބްދުﷲ ބިން ޒައިދް އަލްނަޙްޔާން އާ ފޯނުން ގުޅުއްވައި، ދުނިޔެއަށް ކުރިމަތިވެފައިވާ ކޮވިޑް-19ގެ ބަލިމަޑުކަމާ ބެހޭ ގޮތުން...

11 Apr 2020 | 14:55

މިނިސްޓަރ އޮފް ފޮރިން އެފެއަރޒް އަބްދުﷲ ޝާހިދު، ޔޫއޭއީގެ ފޮރިން މިނިސްޓަރ ޝައިޚް އަބްދުﷲ ބިން ޒައިދް އަލްނަޙްޔާން އާ ފޯނުން ގުޅުއްވައި، ދުނިޔެއަށް ކުރިމަތިވެފައިވާ ކޮވިޑް-19ގެ ބަލިމަޑުކަމާ ބެހޭ ގޮތުން މަޝްވަރާކުރައްވައިފިއެވެ.

މި ފޯން ކޯލްގައި ދެޤައުމަށް ކޮވިޑް-19ގެ ސަބަބުން ދިމާވެފައިވާ ގޮންޖެހުންތަކާ ބެހޭ ގޮތުންނާއި، ބަލި އިތުރަށް ފެތުރުނަ ނިދުނުމަށް ކުރެވޭ މަސައްކަތްތަކާ ބެހޭ ގޮތުން ދެ ވަޒީރުން މަޝްވަރާކުރެއްވިއެވެ. އަދި ކޮވިޑް-19ގެ ސަބަބުން ދިމާވާ އިޤްތިޞާދީ ގެއްލުންތައް ކުޑަކުރުމަށް ދެޤައުމު ގުޅިގެން ކުރެވިދާނެ މަސައްކަތްތަކާ ބެހޭ ގޮތުންވެސް ދެވަޒީރުން މަޝްވަރާކުރެއްވިއެވެ.

މިނިސްޓަރ ޝާހިދުގެ ވާހަކަފުޅުގައި ކޮވިޑް-19 އިން ރައްކާތެރިވުމަށް ޔޫއޭއީއިން އަޅަމުންދާ ފިޔަވަޅުތަކަށް ތައުރީފްކުރެއްވިއެވެ. ޚާއްސަކޮށް ގިނަ ބަޔަކު ޓެސްޓްކުރެވޭނެ އިންތިޒާމް ހަމަޖެހިފައިވުމުން ބަލި ފެތުރޭ މިންވަރު ކޮންޓްރޯލް ކުރެވިފައިވާކަން މިނިސްޓަރ ޝާހިދު ފާހަގަކުރެއްވިއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް