އިންޑިއާއިން އެންޓީ މެލޭރިއާ ބޭސް ދޭ ގައުމުތަކުގެ ތެރޭގައި ރާއްޖެ ހިމެނޭ

މެލޭރިއާގެ ބަލި މީހުންނަށް ފަރުވާ ދިނުމުގައި ބޭނުންކުރާ ހައިޑްރޮކްސީކްލޮރޯކްއީން އިންޑިއާއިން އެކްސްޕޯޓު ކުރުމުގެ ހުއްދަ ދިން ގައުމުތަކުގެ ތެރޭގައި ރާއްޖެ ހިމެނިއްޖެ އެވެ. މި ލިސްޓުގައި ރާއްޖެ އާއި އެ...

11 Apr 2020 | 11:57

މެލޭރިއާގެ ބަލި މީހުންނަށް ފަރުވާ ދިނުމުގައި ބޭނުންކުރާ ހައިޑްރޮކްސީކްލޮރޯކްއީން އިންޑިއާއިން އެކްސްޕޯޓު ކުރުމުގެ ހުއްދަ ދިން ގައުމުތަކުގެ ތެރޭގައި ރާއްޖެ ހިމެނިއްޖެ އެވެ.

މި ލިސްޓުގައި ރާއްޖެ އާއި އެކު ހިމެނެނީ އެމެރިކާ، ސްޕެއިން، ޖަރުމަނުވިލާތް، ބަހްރެއިން، ބްރެޒިލް، ނޭޕާލް، ބޫޓާން، ސްރީލަންކާ، އަފްޣާނިސްތާން، ބަންގަލަދޭޝް، ސީޝެލްސް އަދި ޑޮމިނިކަލް ރިޕަބްލިކް އެވެ.

ހައިޑްރޮކްސީކްލޮރޯކްއީން އަކީ އަކީ ކޯވިޑް-19 އަށް ފަރުވާ ދިނުމުގައި ވަރަށް ބޮޑަށް އިތުބާރު ހިފޭ ބޭހެއް ކަމަށް ސިއްހީ ތަޖުރިބާކާރުން އަންނަނީ ބުނަމުންނެވެ. މިކަމަށް ބައެއް ސިއްހީ މާހިރުން ދެބަސްވެފައި ވީނަމަވެސް ކޯވިޑް-19އަށް ހާއްސަ ވަކި ބޭހެއް ނެތްއިރު ހައިޑްރޮކްސީކްލޮރޯކްއީން ބޭނުންކޮށްގެން ބައެއް މީހުންނަށް ފަރުވާދީ ރަނގަޅުވެފައިވާ ކަމަށް ވެ އެވެ.

ކޯވިޑް-19 ޖެހިފައިވާ މީހުންނަށް ފަރުވާ ދިނުމުގައި ގައުމުތަކުގައި ހައިޑްރޮކްސީކްލޮރޯކްއީން ބޭނުންކުރަނީ ބަލީގައި ހާލު ސީރިއަސްވާ މީހުންނަށެވެ.

އިންޑިއާއިން ރާއްޖެއަށް އެންޓީ މެލޭރިއާ ބޭސް ދޭން ނިންމުމާއި ގުޅިގެން ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ވަނީ ޝުކުރު އަދާ ކުރައްވާފައި އެވެ. އެގޮތުން ބޭނުން ޖެހިފައިވާ ވަގުތެއްގައި އެހީވާ ރައްޓެއްސަކީ ހަގީގީ ރައްޓެހިން ކަމަށް ޝާހިދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވެފައިވެ އެވެ.

ކޯވިޑް-19 ފެތުރެން ފެށުމާއި އެކު އިންޑިއާއިން ވަނީ ހައިޑްރޮކްސީކްލޮރޯކްއީން ގައުމުން އެކްސްޕޯޓު ކުރުން މަނާކޮށްފައި އެވެ. މިކަމާ ގުޅިގެން އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވިދާޅުވީ ދެގައުމުގެ ގުޅުން ހީނަރުވާން ބޭނުން ނުވާނަމަ އެމެރިކާއަށް ހައިޑްރޮކްސީކްލޮރޯކްއީން ފޮނުވުމުގެ ހުއްދަ އިންޑިއާއިން ދޭން ޖެހޭނެ ކަމަށެވެ.

ދުނިޔޭގައި އުފައްދާ ހައިޑްރޮކްސީކްލޮރޯކްއީން ގެ70 ޕަސެންޓު އުފައްދަނީ އިންޑިއާގައި އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް