ބިދޭސީ ދެ ލޯބިވެރިންގެ ހަމަނުޖެހުމެއްގައި ވަޅިން ހަމަލާ ދެވުނީ އެހެން މީހަކަށް

ބިދޭސީ ދެ ލޯބިވެރިންގެ ދެމެދުގައި ހިނގި ހަމަނުޖެހުމެއްގައި އެހެން ބިދޭސީއަކަށް ވަޅިން ހަމަލާދީ ޒަހަމް ކޮށްލައިފި އެވެ. ފުލުހުން ބުނީ މިކަން ހިނގާފައިވަނީ މިއަދު މާލޭ ހެންވޭރު މަގެއްގައި ކަމަށެވެ. ހާދި...

11 Apr 2020 | 11:35

ބިދޭސީ ދެ ލޯބިވެރިންގެ ދެމެދުގައި ހިނގި ހަމަނުޖެހުމެއްގައި އެހެން ބިދޭސީއަކަށް ވަޅިން ހަމަލާދީ ޒަހަމް ކޮށްލައިފި އެވެ.

ފުލުހުން ބުނީ މިކަން ހިނގާފައިވަނީ މިއަދު މާލޭ ހެންވޭރު މަގެއްގައި ކަމަށެވެ. ހާދިސާގެ ރިޕޯޓުކޮށްފައިވަނީ މެންދުރު ފަހު2:10 ހާއިރު އެވެ.

މި ހާދިސާ ހިނގަން މެދުވެރިވީ ދެ ލޯބިވެރިން ރުޅިވުމުން އަންހެން މީހާ ރުޅިއައިސްގެން ފިރިހެން މީހާ ކައިރިޔަށް ގޮސް އަމިއްލަ ގައިގަ ވަޅިއަޅަން މަސައްކަތް ކުރުމުން އެކަން ހުއްޓުވަން އެހެން ބިދޭސީއެއް މަސައްކަތް ކުރުމުންނެވެ. ވަޅިން ހަމަލާ ދެވިފައިވަނީ އެކަން ހުއްޓުވަން އުޅުނު ބިދޭސީ މީހާ އަށެވެ.

މިހަމަލާގައި އެމީހާގެ އަތް ކަފައިގެން ގޮސްފައި ވެއެވެ. އިތުރު ޒަހަމެއް ލިބިފައި ނުވާ ކަމަށް ފުލުހުން ބުނެ އެވެ.

މިކަން ފުލުހުން ދަނީ ބަލަމުންނެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް