ޖަމާއަތުގައި ނަމާދު ކުރުން މެދުކަނޑާލި މުއްދަތު ހަތަރު ވަނަ ފަހަރަށް އިތުރުކޮށްފި

މާލެ، ހުޅުމާލެ، ވިލިމާލެ އަދި ރާއްޖޭގެ ހުރިހާ ރިސޯޓެއްގައި ޖަމާއަތުގައި ނަމާދު ކުރުމާއި ހުކުރު ކުރުން މެދު ކަނޑާލައިވާ މުއްދަތު ހަތަރު ވަނަ ފަހަރަށް އިތުރުކޮށްފި އެވެ. އިސްލާމިކް މިނިސްޓްރީން ބުނީ އެ ...

11 Apr 2020 | 09:54

މާލެ، ހުޅުމާލެ، ވިލިމާލެ އަދި ރާއްޖޭގެ ހުރިހާ ރިސޯޓެއްގައި ޖަމާއަތުގައި ނަމާދު ކުރުމާއި ހުކުރު ކުރުން މެދު ކަނޑާލައިވާ މުއްދަތު ހަތަރު ވަނަ ފަހަރަށް އިތުރުކޮށްފި އެވެ.

އިސްލާމިކް މިނިސްޓްރީން ބުނީ އެ މުއްދަތު އޭޕްރިލް މަހުގެ 18 ވަނަ ދުވަހުގެ އަސްރު ނަމާދާއި ހަމަޔަށް އިތުރުކޮށްފައިވާ ކަމަށެވެ. ޖަމާއަތުގައި ނަމާދު އަދި ހުކުރުނަމާދު ކުރުން މާލެ، ވިލިމާލެ އަދި ހުޅުމާލެއާއި ރިސޯޓުތަކުގައި މެދުކަނޑާލީ މިދިޔަ މަހުގެ18 ވަނަ ދުވަހު އެވެ.

މިއީ ކޯވިޑް-19 އާއި ގުޅިގެން ރައްކާތެރިކަމުގެ ގޮތުން އަޅާ ފިޔަވަޅެކެވެ. ރާއްޖޭގައި މީހުން ދިރިއުޅޭ ރަށެއް ކޮރޯނާ ވައިރަސްއާއި ގުޅިގެން ވަގުތީ ގޮތުން ބަންދުކޮށްފައި އޮތް ނަމަ އެ ރަށެއްގައިވެސް މިގޮތަށް އަމަލު ކުރަން ޖެހޭނެ އެވެ.

އިސްލާމިކް މިނިސްޓްރީން ބުނީ މިސްކިތްތަކުގައި ޖަމާއަތުގައި ނަމާދު ނުކުރި ނަމަވެސް ފަރުޟު ފަސް ނަމާދަށް ބަންގި ގޮވާނެ ކަމަށެވެ. އަދި މިސްކިތްތައް ހުންނާނީ ހުޅުވާފައި ކަމަށާއި ގަވައިދުން މިސްކިތްތައް ސާފުކޮށް ބެލެހެއްޓުމުގެ މަސައްކަތް ކުރާނެ ކަމަށެވެ.

ބަންގި ގޮވާ ނިމުމަށް ފަހު ގޭގައި ނަމާދު ކުރުމަށް އަރަބި ބަހުންނާއި ދިވެހި ބަހުން އިމާމުން ގޮވާނެ ކަމަށް އިސްލާމިކް މިނިސްޓްރީ ބުނެ އެވެ.

މިގޮތަށް ނިންމީ ކޮރޯނާ ވައިރަސް އާއި ގުޅިގެން ގިނަ މީހުން އެއްތަނަކަށް އެއްވެ އުޅުން ރަނގަޅު ނޫންކަމަށް އެޗްޕީއޭއިން ބުނެފައިވާތީ އެވެ. އަދި ޖަމާއަތުގައި ނަމާދު ނުކުރާ މުއްދަތު އިތުރު ކުރަން ނިންމީ ހާލަތައް ރިއާޔަތް ކޮށް ކަމަށް އިސްލާމިކް މިނިސްޓްރީން ބުނެފައިވެ އެވެ.

މިގޮތަށް ނިންމީ ދީނީ އިލްމުވެރިންނާއި އިސްލާމީ ފަތުވާ ދޭ އެންމެ މަތީ މަޖިލީހުގެ މަޝްވަރާ އާއި އެކު ކަމަށް މިނިސްޓްރީން ބުނެ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް