ނުރައްކާތެރި ކޯވިޑް-19 ޖެހުނު މީހުންގެ ތެރެއިން ފަރުވާދީގެން ބަލިން ސަލާމަތްވެފައިވާ މީހުންނަށް ބަލި ޖެހެން ފަށާފައިވާތީ ދިރާސާއެއް ހަދަން ފަށައިފި އެވެ.
މި ދިރާސާ ދުނިޔޭގެ ބޮޑެތި ގައުމުތަކުގައި ހަދަން ފަށާފައިވާއިރު ސައުތް ކޮރެއާ އަކީ ރަނގަޅުވި މީހުންގެ ތެރެއިން އަނެއްކާވެސް ބަލި ޖެހޭ މީހުން އިތުރުވާން ފަށާފައިވާ ގައުމެކެވެ. އެހެންވެ އެ ގައުމުންވެސް ވަނީ މި ދާރާސާ ކުރަން ފަށާފައި އެވެ.
ސައުތް ކޮރެއާގައި ހަށިގަނޑުން ކޯވިޑް-19 ގެ ވައިރަސް އެއްކޮށް ފިލާ ބަލިން ހުރިހާ ގޮތަކުން ރަނގަޅުވެގެން ހޮސްޕިޓަލުން ދޫކޮށްލި 91 މީހަކަށް އަނެއްވެސް ވަނީ ވައިރަސް ޖެހިފަ އެވެ.
މިކަމާ ގުޅިގެން އެ ގައުމުގެ ސެންޓާ ފޯ ޑިޒީޒް ކޮންޓްރޯލް އެންޑް ޕްރިވެންޝަންއިން ބުނެފައިވަނީ ބަލިން ރަނގަޅުވާ މީހުންނަށް ބަލި ޖެހެނީ ކީއްވެތޯ ބަލަން އެ ގައުމުން ދިރާސާއެއް ކުރަން ފަށާފައިވާ ކަމަށެވެ. މިހާތަނަށް ބެލެވިފައިވަނީ ދެވަނަ ފަހަރު ހަށިގަނޑަށް ކޯވިޑް-19 ވަނުމުގެ ބަދަލުގައި ކުރިން ހަށިގަނޑަށް ވަތް ވައިރަސް އަލުން ހަށިގަނޑުތެރޭގައި މަސައްކަތް ކުރަން ފަށަނީ ކަމަށެވެ.
އެކަމަކު މިކަން ޔަގީންކޮށް ބުނަން އެނގޭނީ ދިރާސައަށް ފަހު ކަމަށް ބުނެފައިވެ އެވެ.
ޗައިނާގެ ވުހާން ސިޓީން އުފަންވި ކޮރޯނާ ވައިރަސް ޖެހިގެން ރަނގަޅުވި މީހުންގެ ތެރެއިން އެންމެ ފުރަތަމަ ދެވަނަ ފަހަރަށް ބަލި ޖެހުނީ ޖަޕާން މީހަކަށެވެ. އެއީ މިދިޔަ ފެބްރުއަރީ މަހު އެވެ.
ސައުތް ކޮރެއާގައި މިހާތަނަށް10،450 މީހަކަށް ކޯވިޑް-19 ޖެހިފައިވެ އެވެ. އަދި މި ބަލީގައި208 މީހަކު ވަނީ މަރުވެފައި އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް