ރާއްޖެ ނާދެވި އިންޑިއާގެ ޓްރިވެންޑްރަމްގައި ތާށިވެފައި ތިބި 207 ދިވެއްސަކު މޯލްޑިވިއަންގައި މިއަދު ރާއްޖެ ގެނެސްފިއެވެ.
މި ރެސްކިއު ފްލައިޓްގައި މިއަދު 207 މީހަކު ގެނެސްފައިވާއިރު ކޯވިޑް-19ގެ މި ހާލަތުގައި ބޭރުގެ ގައުމުތަކުގައި ނާދެވި ތިބި ދިވެހިން ގެނައުމަށް މޯލްޑިވިއަނުން އަންނަނީ އެ ގައުމުތަކަށް ދަތުރުތަކެއް ކުރަމުންނެވެ. އެ ދަތުރުތައް ކުރަނީ ދަތުރުތައް ކުރުމަށް އެ ގައުމަކުން ހުއްދަ ލިބެމުންދާ ވަރަކަށް ކަމުގައި މޯލްޑިވިއަނުން ބުނެއެވެ.
މިއަދު އައި 207 ދިވެހިންވެސް ދެން ދާނީ ކަރަންޓީނު ފެސިލިޓީތަކަށެވެ. އަދި އެ ފެސިލިޓީތަކުން ދޫކޮށްލާނީ ކަރަންޓީނުގެ 14 ދުވަހުގެ މުއްދަތު ހަމަވުމުންނެވެ.
ޓްރިވެންޓްރަމުން 207 ދިވެއްސަކު މިއަދު ގެނެސްފައިވާއިރު އިންޑިއާގެ ކޮޗިންގައި ތިބި 183 ދިވެއްސަކާއި ލަންކާގައި ތިބި 100 ދިވެއްސަކާއި މެލޭޝިޔާގައި ތިބި 200 ދިވެއްސަކު މިހާތަނަށް ރާއްޖެ ގެނެސްފައިވެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް