ރަމަޟާން މަހުގެ އިނާޔަތް ހުރިހާ ރައްޔިތުންނަށް ދިނުމަށް ގޮވާލާ ރައްޔިތުންގެ މަޖިލީހަށް ގަރާރެއް ހުށަހަޅަން ކާށިދޫ ދާއިރާގެ މެންބަރު އަބްދުﷲ ޖާބިރު ނިންމަވައިފި އެވެ.
ޑީއާރުޕީގެ ލީޑަރުކަންވެސް ކުރައްވަމުން ގެންދަވާ ޖާބިރާ ހަވާލާދީ އެ ޕާޓީން ބުނެފައިވަނީ ރޯދަ މަހުގެ އިނާޔަތަކީ ރައްޔިތުންގެ ޓެކްސް ފައިސާއިން ދޭ އެއްޗެއް ކަމަށެވެ. އެހެން ކަމުން ކޮންމެ ދިވެހި ރައްޔިތަކަށް ރޯދަ އިނާޔަތަކީ ލިބެންޖެހޭ އެއްޗެއް ކަމަށެވެ.
އަދި އެކަމަށް މަޖިލީހުގެ ތަޅުމުގައި ވަކާލާތު ކުރައްވާނެ ކަމަށް ޖާބިރު ވިދާޅުވި އެވެ.
https://twitter.com/drpmaldives/status/1247836648311648258
ޖާބިރު މިފަދަ ގަރާރެއް ހުށަހަޅަން ނިންމަވާފައި މި ވަނީ ދުނިޔޭގައި ހަލުވިކަމާއި އެކު ފެތުރެމުންދާ ކޯވިޑް-19 ރާއްޖެއިންވެސް ފެނިފައި ވުމާއި އެކު، އިގްތިސާދަށް އަސަރުކޮށް ގިނަ ދިވެހި މަސައްކަތްތެރިންނަށް ރޯދަ އެލަވެންސް ނުލިބިދާނެ ކަމުގެ ބިރު ކުރިމަތިވެފައިވަނިކޮށެވެ.
މީގެ ކުރިން ޖާބިރު ވަނީ އޭނާގެ ކުންފުނިތަކުގައި މަސައްކަތް ކުރުމަށް ރިސޯޓުތަކުން ކަނޑާލާ ދިވެހި މުވައްޒަފުންނަށް ދައުވަތުދީފައި އެވެ. އަދި ހާލަތަށް އެކަށީގެންވާ މުސާރަވެސް ދޭނެ ކަމަށް ވިދާޅުވި އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް