އިސްލާމް ދީނުގައި ކުޑަ ފުރުސަތެއް އޮތް ނަމަވެސް މިއުޒިކް ދޫކޮށް ނުލާނަން: އަލީ ރަމީޒް

އިސްލާމް ދީނުގައި ކުޑަ ކުޑަ ފުރުސަތެއް އޮތް ނަމަވެސް މިއުޒިކް ކުޅުން ދޫކޮށް ނުލީސް ކަމުގައި އިސްލާމް ދީނަށްޓަކައި މިއުޒިކް  ދޫކޮށްލި، އަލީ ރަމީޒް ބުނެފިއެވެ. އަލީ ރަމީޒް މިހެން ބުނެފައިވަނީ އޭނާގެ ފޭސ...

10 Apr 2020 | 19:04

އިސްލާމް ދީނުގައި ކުޑަ ކުޑަ ފުރުސަތެއް އޮތް ނަމަވެސް މިއުޒިކް ކުޅުން ދޫކޮށް ނުލީސް ކަމުގައި އިސްލާމް ދީނަށްޓަކައި މިއުޒިކް  ދޫކޮށްލި، އަލީ ރަމީޒް ބުނެފިއެވެ.

އަލީ ރަމީޒް މިހެން ބުނެފައިވަނީ އޭނާގެ ފޭސްބުކް ޕޭޖްގައި މިރޭ ކޮށްފައިވާ ޕޯސްޓެއް ގައެވެ. މިއުޒިކް ކުޅުމާއި ގުޅޭގޮތުން އޭނާ ޕޯސްޓު ލިޔެފައިވަނީ އަލީ ރަމީޒަށް ޒުވާނަކު ކުރި ސުވާލަކާއި ގުޅިގެން ކަމަށް ބުނެފައިވެ އެވެ.

އަލީ ރަމީޒު ބުނީ ޒުވާނަކު މިއުޒިކް އިންސްޓްރޫމެންޓަކާއި ގުޅޭގޮތުން މައުލޫމާތެއް ހޯދަން އޭނާއަށް މެސެޖު ކުރި ކަމަށެވެ. އޭގެ ޖަވާބު އޭނާ ފޮނުވީ ވަރަށް ކުރުކޮށް ކަމަށް ބުނެފައިވެ އެވެ. އެ ޖަވާބުގެ ތަފްސީލެއް ނުދެ އެވެ.

އިތުރަށް ބުނެފައިވަނީ އޭގެ އެއް ދުވަސް ފަހުން އެ ޒުވާނާ އޭނާއަށް ފޮނުވި ފޮޓޯތަކުން ފެންނަނީ އެ ޒުވާނާ މިއުޒިކް ކުޅެން ގެންގުޅޭ ސާމާނުތަކުގައި އަލިފާން ޖަހާ ރޯކޮށްލާފައި ހުރި މަންޒަރު ކަމަށެވެ. އަދި އޭނާ މާތް ﷲ ހަރާމް ކުރެއްވި މިއުޒިކް ދޫކޮށްލާފައިވާ ކަމަށް އަލީ ރަމީޒް ބުނެފައިވެ އެވެ.

ނިންމާލަމުން ދިވެހި ޒުވާނުންނަށް އަމާޒުކޮށް ބުނެފައިވަނީ އިސްލާމް ދީނުގައި މިއުޒިކް ކުޅުމަށް ކުޑަ ކުޑަ ފުރުސަތެއް އޮތް ނަމަވެސް އޭނާ މިއުޒިކް ދޫކޮށް ނުލާނެ ކަމަށެވެ. އަދި އެންމެހާ ޒުވާނުންނަށް ސާބިތުކަން ދެއްވުމަށް އެދި ދުއާ ކޮށްފައިވެ އެވެ.

އަލީ ރަމީޒަކީ1990 އާއި2000 ގެ ކުރީ ކޮޅު މަޝްހޫރު ގިނަ ލަވަތެއް ކިޔާފައިވާ ކުރީގެ މަޝްހޫރު ލަވަ ކިޔުންތެރި އެކެވެ. މިހާރުވެސް އޭނާގެ ލަވަތަކަކީ އާންމުންގެ މެދުގައި މަގުބޫލް ލަވަތަކެކެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް