ރާއްޖޭގައި މިހާތަނަށް ބޭއްވި އެންމެ ބޮޑު 3X3 ބާސްކެޓް މުބާރާތް ނިންމައިލައިފި

ޓައިޓަންސް ބާސްކެޓްބޯލް އެކެޑެމީން އިންތިޒާމްކޮށްގެން ޒުވާނުންގެ މަރުކަޒުގެ އައުޓްޑޯރ ކޯޓުގައި ބޭއްވި ދިރާގު 3X3 ޗެލެންޖް — ރާއްޖޭގައި މިހާތަނަށް ބޭއްވި އެންމެ ބޮޑު 3X3 ބާސްކެޓް މުބާރާތް — ފޯރިއާ އެކު...

11 Mar 2026 | 16:19
N/A

N/A

ޓައިޓަންސް ބާސްކެޓްބޯލް އެކެޑެމީން އިންތިޒާމްކޮށްގެން ޒުވާނުންގެ މަރުކަޒުގެ އައުޓްޑޯރ ކޯޓުގައި ބޭއްވި ދިރާގު 3X3 ޗެލެންޖް — ރާއްޖޭގައި މިހާތަނަށް ބޭއްވި އެންމެ ބޮޑު 3X3 ބާސްކެޓް މުބާރާތް — ފޯރިއާ އެކު ނިންމައިލައިފިއެވެ.

މާރިޗު 1 އިން 7 އަށް ކުރިއަށް ގެންދިޔަ މި މުބާރާތުގައި ޖުމްލަ 448 ކުޅުންތެރިން 112 ޓީމަކުން ބައިވެރިވެފައިވާ ކަމަށް ދިރާގުން ބުންޏެވެ. އެ ކުންފުނިން ނެރުނު ބަޔާނުގައިވާ ގޮތުން މި މުބާރާތުގެ މަޤުޞަދަކީ ބާސްކެޓްބޯޅައަށް ޝައުޤުވެރިކަން ހުންނަ ކުދިންނާއި ޒުވާނުންނަށް ހުނަރު ދައްކައިލައި ތަރައްޤީކުރުމަށް ވާދަވެރި ޕްލެޓްފޯމެއް ހޯދައިދިނުމެވެ.

އެކި އުމުރުފުރާތަކުން ޗެމްޕިއަންކަން ހޯދި ޓީމުތަކަށް ބަލާއިރު، އަންހެން ކުދިންގެ ޑިވިޝަނުން 8 އަހަރުން ދަށުގެ ޗެމްޕިއަންކަން ހޯދީ ސްވިޝް، 10 އަހަރުން ދަށުން ބްލޫ ޕެންތަރސް، 12 އަހަރުން ދަށުން ވޮރިއަރސް، 14 އަހަރުން ދަށުން ދި ލޭކަރސް، އަދި 16 އަހަރުން ދަށާއި 18 އަހަރުން ދަށުން ބީބީ އެންޑް ފްރެންޑްސް އެވެ. ފިރިހެން ކުދިންގެ ޑިވިޝަނުން 8 އަހަރުން ދަށުގެ ޗެމްޕިއަންކަން ހޯދީ ސުޕަ ސްޓްރައިކަރސް، 10 އަހަރުން ދަށުން ހޮޓްވީލަރސް، 12 އަހަރުން ދަށުން ސިލްވަރ ބްލޭޒަރ، 14 އަހަރުން ދަށުން އަރޗަރސް ބީސީ، 16 އަހަރުން ދަށުން މަލްބެރީ ސްޓްރީޓް، އަދި 18 އަހަރުން ދަށުން ލޭޒަރ އެވެ.

އަންހެން އޯޕަން ޑިވިޝަނުގެ ޗެމްޕިއަންކަން ސެސަމޭ ހޯދިއިރު، ޕޭރަންޓްސް ކެޓަގަރީ ކާމިޔާބުކުރީ އަންރޭންކްޑް އެވެ. ފިރިހެން ޑިވިޝަން 1 ގެ ޗެމްޕިއަނަކީ ކްލަބް ވަލްޗަރސް، ޑިވިޝަން 2 ގެ ޗެމްޕިއަނަކީ ލައްޓި، އަދި ފިރިހެން ޕޭރަންޓްސް ކެޓަގަރީގެ ޗެމްޕިއަނަކީ ބޯލް ބަޑީސް އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް