ކަކުލު ހުޅުު ބަދަލު ކުރުމުގެ އޮަޕަރޭޝަންގައި ޓްރީ ޓޮޕް އާ ހަރުފަތަކަށް!

ޓްރީ ޓޮޕް ހޮސްޕިޓަލުގައި ފުރަތަމަ ފަހަރަށް ރިވިޝަން ކަކުލު ހުޅު ބަދަލު ކުރުމުގެ ކާމިޔާބު އޮޕަރޭޝަނެއް ކޮށްފި އެވެ. ރިވިޝަން ކަކުލު ހުޅު ބަދަލު ކުރުމަކީ ކުރިން ކަކުލު ހުޅުގެ އޮޕަރޭޝަނެއް ކޮށް ލައްވާފައ...

11 Mar 2020 | 14:37

ޓްރީ ޓޮޕް ހޮސްޕިޓަލުގައި ފުރަތަމަ ފަހަރަށް ރިވިޝަން ކަކުލު ހުޅު ބަދަލު ކުރުމުގެ ކާމިޔާބު އޮޕަރޭޝަނެއް ކޮށްފި އެވެ.

ރިވިޝަން ކަކުލު ހުޅު ބަދަލު ކުރުމަކީ ކުރިން ކަކުލު ހުޅުގެ އޮޕަރޭޝަނެއް ކޮށް ލައްވާފައިވާ ހުޅު އަލުން އެހެން ހުޅަކަށް ބަދަލު ކުރުމަށް ކުރާ އޮޕަރޭޝަނެކެވެ. ޓްރީ ޓޮޕުން ބުނީ މި އޮޕަރޭޝަން ކުރި މީހާ ހޮސްޕިޓަލަށް ފަރުވާ ހޯދަން ދިޔަ އިރު ކުރިން ލެއްވި ހުޅު ދޫވެ ނުހިނގޭތާ ހަ މަސްވެފައިވާ ކަމަށެވެ.

ރިވިޝަން އޮޕަރޭޝަން ކުރީ އުމުރުން61 އަހަރުގެ އަންހެނެއްގެ އެވެ. އެމީހާ ފުރަތަމަ ހުޅު ބަދަލު ކުރީމީގެ އަށް އަހަރު ކުރިންނެވެ.

އެ ހޮސްޕިޓަލުން ބުނީ މިއީ ރާއްޖޭގެ އަމިއްލަ ހޮސްޕިޓަލެއްގައި މިފަދަ އޮޕަރޭޝަނެއް ކުރި ފުރަތަމަ ފަހަރު ކަމަށެވެ.11 ގަޑިއިރުގެ ދިގު މި އޮޕަރޭޝަން ކޮށްފައިވަނީ މިދިޔަ މަހުގެ19 ވަނަ ދުވަހު އެވެ. އެ ހޮސްޕިޓަލުން ބުނީ މިހާރު އެމީހާއަށް އަމިއްލައަށް ހިނގޭ ކަމަށެވެ.

މި އޮޕަރޭޝަން ކުރީ އެ ހޮސްޕިޓަލްގެ އޯތޮޕީޑިކް ސާޖަނުންކަމަށްވާ ޑރ. އަލީ މުޒްނީ އާއި ޑރ. ގަނޭޝް ރާޖޭޝްވަރްއެވެ.

ޓްރީ ޓޮޕް ހޮސްޕިޓަލުގައި އޯތޮޕީޑިކް ސްޕެޝަލިސްޓުންގެ ގޮތުގައި ހިދުމަތްދެއްވާ ޑޮކްޓަރުންނަކީ މިފަދަ އޮޕަރޭޝަންތައް ކުރުމުގައި ތަޖްރިބާކާރު، އިލްމުވެރި މާހިރުން ކަމަށް އެ ހޮސްޕިޓަލުން ބުނެ އެވެ. ޓްރީ ޓޮޕް ހޮސްޕިޓަލުން ކަށީގެ ހުރިހާ ބައްޔަކަށްވެސް އެންމެ ޒަމާނީ އާލާތްތަކުގެ އެހީގައި ފަރުވާ ދެ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް