މާވަރުލު އެއާޕޯޓަށް މޯލްޑިވިއަންގެ ޓެސްޓު ފްލައިޓް ޖައްސައިފި

ގދ. މާވަރުލުގައި ތަރައްގީކޮށްފައިވާ ޑޮމެސްޓިކް އެއާޕޯޓަށް ޓެސްޓު ފްލައިޓު ޖައްސައިފި އެވެ. ގައުމީ އެއާލައިން މޯލްޑިވިއަންގެ ޓެސްޓު ފްލައިޓު އެރަށަށް ޖެއްސީ މިއަދު ހެނދުނު11:12 ހާއިރު އެވެ. މި އެއާޕޯޓަ...

11 Mar 2020 | 12:10

ގދ. މާވަރުލުގައި ތަރައްގީކޮށްފައިވާ ޑޮމެސްޓިކް އެއާޕޯޓަށް ޓެސްޓު ފްލައިޓު ޖައްސައިފި އެވެ.

ގައުމީ އެއާލައިން މޯލްޑިވިއަންގެ ޓެސްޓު ފްލައިޓު އެރަށަށް ޖެއްސީ މިއަދު ހެނދުނު11:12 ހާއިރު އެވެ.

މި އެއާޕޯޓަށް މޯލްޑިވިއަންގެ ޝެޑިއުލް ދަތުރުތައްފެށުމަށް ހަމަޖެހިފައިވަނީ މި މަހުގެ20 ވަނަ ދުވަހު އެވެ. ޓްރާންސްޕޯޓު މިނިސްޓްރީން ބުނީ ފުރަތަމަ ފަށާނީ ދުވާލަކު އެއް ފްލައިޓުން ކަމަށެވެ. އަދި ޑިމާންޑާއި އެެއްވަރަށް އެއަށްވުރެ އިތުރު ކުރަން ޖެހިއްޖެ ނަމަ ކުރާނެ ކަމަށް ބުނެފައިވެ އެވެ.

މާވަރުލު އެއާޕޯޓަކީ 1.2 ކިލޯ މީޓަރުގެ ރަންވޭއެއް އޮންނަ އެއާޕޯޓެކެވެ. މި އެއާޕޯޓުގެ މަސައްކަތް ފެށީ2018 ވަނަ އަހަރުގެ ތެރޭގައި އެވެ.

މާވަރުލުގެ އިތުރުން ގދ. ފަރެސްމާތޮޑާގައިވެސް އެއާޕޯޓެއް ތަރައްގީ ކުރުމުގެ މަސައްކަތް ދަނީ ކުރަމުންނެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް