ވޯޓު ސިއްރު ނުވާ މީހުން އަލުން ރަޖިސްޓްރީވާން ފުރުސަތު ހުޅުވާލައިފި

ކުރިޔަށް އޮތް ލޯކަލް ކައުންސިލްތަކުގެ އިންތިހާބުގައި ވޯޓުލާން ރީރަޖިސްޓްރީ ކުރި މީހުންގެ ތެރެއިން ވޯޓު ސިއްރު ނުވާ މީހުން އެހެން ތަނަކަށް ރަޖިސްޓްރީ ބަދަލު ކުރަން ބޭނުން ނަމަ އެ ފުރުސަތު ހުޅުވާލައިފި ...

11 Mar 2020 | 11:30

ކުރިޔަށް އޮތް ލޯކަލް ކައުންސިލްތަކުގެ އިންތިހާބުގައި ވޯޓުލާން ރީރަޖިސްޓްރީ ކުރި މީހުންގެ ތެރެއިން ވޯޓު ސިއްރު ނުވާ މީހުން އެހެން ތަނަކަށް ރަޖިސްޓްރީ ބަދަލު ކުރަން ބޭނުން ނަމަ އެ ފުރުސަތު ހުޅުވާލައިފި އެވެ.

އިލެކްޝަންސް ކޮމިޝަނުން ބުނީ އަންނަ އިންތިހާބުގައި ވޯޓު ލުމަށް ރީ ރަޖިސްޓްރީ ކުރި މީހުންގެ ތެރެއިން 5،808 މީހެއްގެ ވޯޓް ސިއްރު ނުވާނެ ކަމަށެވެ. ވޯޓްގެ ސިއްރުކަން ގެއްލެނީ އެ މީހަކު ނިސްބަތްވާ ދާއިރާއަކުން އެ ފޮއްޓަކަށް އެމީހާ އެކަނި ވޯޓްލާ ނަމަ އެވެ.

އިލެކްޝަންސް ކޮމިޝަނުން ބުނީ އެމީހުން އެހެން ތަނަކަށް ވޯޓުލާ ތަން ބަދަލު ކުރަން ބޭނުން ނަމަ އެ ފުރުސަތު މާދަމާ މެންދުރު ފަހު3:00 އާއި ހަމައަށް ހުޅުވާލާފައިވާ ކަމަށެވެ. މީގެ އިތުރުން ވޯޓުލުމަށް ރަޖިސްޓަރީ ކޮށްފައިވާ ފޮށީގެ މައުލޫމާތު ހިމެނޭ ރަޖިސްޓަރީ އާންމުކޮށް އެ ކަމާ ގުޅޭގޮތުން ޝަކުވާއެއް އޮތް ނަމަ މާދަމާ 3:00 ގެ ކުރިން ހުށަހެޅުމަށްވެސް އީސީން ފުރުސަތު ހުޅުވާލާފައި އެވެ.

ދާއިމީ ވޯޓާސް ލިސްޓު އަންނަ ހޮނިހިރު ދުވަހު އާންމު ކުރާނެ އެވެ. އީސީން ވަނީ އިންތިހާބުގެ ވޯޓު ކަރުދާސް ޕްރިންޓު ކުރުމަށްވެސް މިއަދު ހަވާލު ކޮށްފައި އެވެ.

އެ ކޮމިޝަނުން ބުނީ ކައުންސިލް އިންތިހާބަށް އެ ކޮމިޝަން އޮތީ ފުރިހަމައަށް ތައްޔާރުވެފައި ކަމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް