މިހާރު ހަލުވިކަމާ އެކު ފެތުރެމުންދާ އަދި ރާއްޖެއިން ފެނިފައިވާ ކޯވިޑް-19 އާއި ގުޅިގެން ޕެންޝަން އޮފީހުން ޚިދުމަތް ހޯދާ ފަރާތްތަކާއި އޮފީހުގެ މުވައްޒަފުންގެ ރައްކާތެރިކަމަށް އަޅާ ފިޔަވަޅެއްގެ ގޮތުން ޕެންޝަން އޮފީހުގެ ޚިދުމަތްތައް ފޯނުން ނުވަތަ އިންޓަނެޓް މެދުވެރިކޮށް ހޯދޭނެ އިންތިޒާމު ހަމަޖައްސައިފިކަމަށް ޕެންޝަން އޮފީހުން ބުނެފިއެވެ.
މިގޮތުން ހަމަޖައްސާފައިވާ އިންތިޒާމުތަކުގެ ތެރޭގައި ޚިދުމަތް ހޯދާ ފަރާތުން މައުލޫމާތާއި އެހީތެރިކަން ހޯދުމަށް އަދި ފޯމާއި ލިޔެކިޔުން ހުށަހެޅުމަށް ޕެންޝަން އޮފީހަށް ދިއުމުގެ ބަދަލުގައި މިކަންކަމަށް ބޭނުންކުރާނެ އެކި ވަސީލަތްތައް ވަނީ ކަނޑައަޅާއަޅާފައިކަމަށް އެ އޮފީހުން ބުނެއެވެ.
އެގޮތުން ޕެންޝަން އޮފީހުން މައުލޫމާތާއި އެހީތެރިކަން ހޯދުމަށް ކަނޑައެޅިފައިވާ ވަސީލަތްތަކަކީ:
- ކޮންޓެކްޓް ސެންޓާގެ ނަންބަރު 1441
- މޯބައިލް އެޕް އަދި ވެބްސައިޓުގައިވާ ލައިވްޗެޓް https://pension.gov.mv
- ފޭސްބުކް އަދި ޓުވިޓާ pensionoffice/
- ވައިބާ ނަންބަރު 7331441
މައުލޫމާތާއި އެހީތެރިކަން ފޯރުކޮށްދިނުން ސަރުކާރު ބަންދުނޫން ދުވަސްތަކުގައި ހެނދުނު 8:00 އިން ހަވީރު 4:00 އަށް ކުރިޔަށް ގެންދިއުމަށް ހަމަޖެހިފައިވާއިރު ފޯމާއި ލިޔެކިޔުން ކޮންމެ ގަޑިއެއްގައިވެސް ހުށަހެޅޭ ގޮތަށް އެ އޮފީހުން ވަނީ ހަމަޖެހިފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް