ސްކޫލްތައް ބަންދު ކުރުމަށް ޓީޗާސް އެސޯސިއޭޝަނުންވެސް ގޮވާލައިފި

ކޮރޯނާ ވައިރަސްގެ ނުރައްކާތެރިކަން ރާޢްޖެއަށް ބޮޑުވެފައިވާ މި ދަނޑިވަޅުގައި ސްކޫލްތައް ނުހުޅުވުމަށް ޓީޗާސް އެސޯސިއޭޝަން އޮފް މޯލްޑިވްސް އިން އެޑިއުކޭޝަން މިނިސްޓްރީއަށް ގޮވާލައިފި އެވެ. އެ ޖަމިއްޔާއިނ...

11 Mar 2020 | 08:09

ކޮރޯނާ ވައިރަސްގެ ނުރައްކާތެރިކަން ރާޢްޖެއަށް ބޮޑުވެފައިވާ މި ދަނޑިވަޅުގައި ސްކޫލްތައް ނުހުޅުވުމަށް ޓީޗާސް އެސޯސިއޭޝަން އޮފް މޯލްޑިވްސް އިން އެޑިއުކޭޝަން މިނިސްޓްރީއަށް ގޮވާލައިފި އެވެ.

އެ ޖަމިއްޔާއިން ކޮށްފައިވާ ޓުވީޓެއްގައި ބުނެފައިވަނީ ސިއްހީ ދާއިރާގެ ތަޖުރިބާކާރުންގެ އިރުޝާދާއި އެއްގޮތަށް އަމަލު ކުރުމަށް ސަރުކާރަށް ގޮވާލާކަމަށެވެ. އަދި މިފަދަ ދަނޑިވަޅެއްގައި ރައްކާތެރިކަމުގެ އެންމެ ކުރިޔަށް ގެންނަން ވާނީ ދަރިވަރުންނާއި ޓީޗަރުންނާއި މުވައްޒަފުންގެ ސިއްހަތު ކަމަށެވެ.

ސްކޫލުތައް މިހާރު އޮތީ ފުރަތަމަ ޓާމުގެ މިޑް-ޓާމް ބްރޭކުގަ އެވެ. ހަފުތާގެ ޗުއްޓީއަކަށް ފަހު އަންނަ އާދިއްތަ ދުވަހު ކިޔެވުން ފަށާނެ އެވެ.

https://twitter.com/TAMaldives/status/1237627157418921985

ސްކޫލްތައް ބަންދު ކުރަން ޖެހޭ ފަދަ ހާލަތެއް އަދި ރާއްޖޭގެ އެއްވެސް ރަށެއްގައި ނެތް ކަމަށް ސަރުކާރުން ރޭވެސް ވަނީ ބުނެފަ އެވެ. އެކަމަކު މެޑިކަލް އެސޯސިއޭޝަނުންވެސް ވަނީ ކޮރޯނާ ވައިރަސްއިން ރައްކާތެރިވުމަށް މި ދަނޑިވަޅުގައި ސްކޫލްތައް ބަންދު ކުރުމަކީ އެންމެ ރަނގަޅު ގޮތް ކަމަށް ބުނެފައި އެވެ.

ރައީސް އޮފީހުގެ އަންޑާ ސެކްރެޓަރީ މަބްރޫކް އަބްދުލްއަޒީޒް ވިދާޅުވީ ކޮވިޑް-19 އާ ގުޅިގެން ސްކޫލްތައް ބަންދުކުރާނީ ސްކޫލްތައް ހުންނަ ސަރަހައްދެއް ނުވަތަ ސިޓީއެއްގެ ހާލަތު ބަދަލުވުމުން ކަމަށާއި އެ ހާލަތު ރާއްޖޭގައި އަދި ނެތް ކަމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް