ކޮވިޑް-19: ކުރަމަތި ރިސޯޓުން ދެ ޓޫރިސްޓަކު ވައިރަހަށް ޕޮސިޓިވް ވެއްޖެ

ކުރަަމަތި އައިލެންޑް ރިސޯޓުން ދެ ޓޫރިސްޓަކު ކޮރޮނާ ވައިރަހަށް ޕޮސިޓިވް ވެއްޖެ އެވެ. އެޗްޕީއޭއިން ބުނީ އއ. އަތޮޅުގައި ހިންގާ ކުރަމަތި ރިސޯޓުން ދެ މީހަކު ކޮރޯނާ ވައިރަސްއަށް ޕޮސިޓިވް ވެފައިވާތީ އެ ރަށަށ...

11 Mar 2020 | 06:54

ކުރަަމަތި އައިލެންޑް ރިސޯޓުން ދެ ޓޫރިސްޓަކު ކޮރޮނާ ވައިރަހަށް ޕޮސިޓިވް ވެއްޖެ އެވެ.

އެޗްޕީއޭއިން ބުނީ އއ. އަތޮޅުގައި ހިންގާ ކުރަމަތި ރިސޯޓުން ދެ މީހަކު ކޮރޯނާ ވައިރަސްއަށް ޕޮސިޓިވް ވެފައިވާތީ އެ ރަށަށް އަރާ ފޭބުން އަދިވެސް އޮތީ ހުއްޓާލެވިފައި ކަމަށެވެ. އަދި ޕޮސިޓިވްވި ދެމީހުންނާއި ގުޅުން ހުރި މީހުން ދެނެގަތުމުގެ މަސައްކަތް ކުރަމުންނެވެ.

މި ދެމީހުންނާއި އެކު މިހާޜު ރާއްޖޭގައި ކޮރޯނާ ވައިރަސް ޖެހިފައިވާ އަށް މީހަކު އެ ބަތިއްބެވެ. އެއީ ބަތަލާ ރިސޯޓުން އިޓަލީގެ ދެ ފަތުރުވެރިއަކާއި ކުރެއްދޫ ރިސޯޓުން ހަތަރުު ބިދޭސީ މުވައްޒަފުންނާއި މި ދެމީހުންނެވެ.

ކޮރޯނާ ވައިރަސްގައި ރާއްޖޭގެ ހާލަތަކީ ރީނދޫ ލެވެލް އެވެ. އަދި ކުރެއްދޫ ރިސޯޓު ފިޔަވާ މި ވައިރަހަށް ޕޮސިޓިވްވި މީހުން ފެނުނު ރިސޯޓުތަކުގެ ލެވެލް އަކީވެސް ރީނދޫ އެވެ.

އެޗްޕީއޭއިން ބުނީ ކުރެއްދޫ ރިސޯޓުގެ ލެވެލް އޮރެންޖަށް ބަދަލުވެފައިވަނީ އެ ރިސޯޓުގައި ބަލި ފެނުނު މީހާގެ ކިބައިން އިތުރު ހަތަރު މީހަކަށް ވައިރަސް ފެތުރިފައިވާތީ އެވެ. އެ ރިސޯޓަށް ބަލި ފެތުރުނީ އިޓަލީ ޓޫރިސްޓެއްގެ ފަރާތުންނެވެ. އެމީހާ ބައްޔަށް ޕޮސިޓިވްކަން އެނގުނީ ރާއްޖެއިން ފުރައިގެން ދިިޔަ ފަހުންނެވެ.

https://twitter.com/HPA_MV/status/1237632805179248641

ހެލްތް މިނިސްޓަރު އަބްދުﷲ އަމީން ވިދާޅުވީ ރާއްޖެ އަދިވެސް އޮތީ ކޮރޯނާ ވައިރަސް ފެތުރިގެން ނުދާނެ ފަދަ ހާލަތެއްގައި ކަމަށެވެ. އަދި ވައިރަސް ކޮންޓްރޯލް ކުރެވޭނެ ކަމުގެ ޔަގީންކަން އަދިވެސް ސަރުކާރަށް އެބައޮތް ކަމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް