އދ. ވިލަމެންދޫ ރިސޯޓުން ކޮރޯނާ ވައިރަސްއަށް ޝައްކު ވެގެން ޓެސްޓު ކުރި މީހާ ވައިރަހަށް ނެގެޓިވް ވެފައިވާތީ އެ ރަށް އާންމުކޮށް ހުޅުވާލައިފި އެވެ.
އެޗްޕީއޭއިން ބުނީ ވިލަމެންދޫން ކޮވިޑް-19 އަށް ޝައްކު ކުރެވިގެން ޓެސްޓު ކުރީ ދިވެއްސެއް ކަމަށެެވެ. އަދި އެމީހާ އާއި ގުޅުން ހުރި މީހުން ދެނެގަތުމުގެ މަސައްކަތް ނިމިފައިވާކަމަށް އެޗްޕީއޭއިން ބުނެ އެވެ.
ވަން އެންޑް އޮންލީ ރީތިރަށް ރިސޯޓުގައި ކޮރޯނާއަށް ޝައްކު ކުރެވިގެން ޓެސްޓު ކުރީ ކުޑަ ކުއްޖެ ކެވެ. އޭނާވެސް ވަނީ ވައިރަހަށް ނެގެޓިވްވެފައި އެވެ.
އެހެންކަމުން އެ ދެ ރިސޯޓަށް އަރާ ފޭބުމުގައި މިހާރު އެއްވެސް ހުރަހެއް ނެތް ކަމަށް ބުނެ އެވެ.
މިވަގުތު ކޮރޯނާ ވައިރަސްއަށް ޝައްކު ކުރެވޭ އަދި ޕޮސިޓިވްވެފައިވާ މީހުން ފެނިގެން އަރާ ފޭބުން މަނާކޮށްފައި އޮތީ ކުރެއްދޫ އައިލެންޑް ރިސޯޓާއި، ބަތަލާ އައިލެންޑް ރިސޯޓާއި، ކުރަމަތި އައިލެންޑް ރިސޯޓެވެ.
ރާއްޖޭގައި ހަ މީހަކު ކޮރޯނާ ވައިރަސްއަށް ޕޮސިޓިވް ވެފައި އެބަ ތިއްބެވެ. އެއީ ދެ އިޓަލީ ޓޫރިސްޓުންނާއި ހަތަރު ބިދޭސީ މުވައްޒަފުންނެވެ.
އެ އެންމެންގެ ހާލުވެސް ރަނގަޅު ކަމަށް އެޗްޕީއޭއިން ބުނެ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް