ކޮވިޑް-19: އިޓަލީން ރާއްޖެ އައި ދެ ދިވެހިން ކަރަންޓީން ކުރަނީ

ޗައިނާ ފިޔަވާ ދުނިޔޭގައި އެންމެ ހަލުވިކަމާއި އެކު ކޮރޮނާ ވައިރަސް ފެތުރެމުންދާ އިޓަލީވިލާތުން ރާއްޖެ އައި ދެ ދިވެހިން ކަރަންޓީން ކުރަން ނިންމައިފި އެވެ. އެޗްޕީއޭއިން ބުނީ އެ ދެމީޙުން ކަރަންޓީން ކުރަނީ...

11 Mar 2020 | 05:33

ޗައިނާ ފިޔަވާ ދުނިޔޭގައި އެންމެ ހަލުވިކަމާއި އެކު ކޮރޮނާ ވައިރަސް ފެތުރެމުންދާ އިޓަލީވިލާތުން ރާއްޖެ އައި ދެ ދިވެހިން ކަރަންޓީން ކުރަން ނިންމައިފި އެވެ.

އެޗްޕީއޭއިން ބުނީ އެ ދެމީޙުން ކަރަންޓީން ކުރަނީ ބަލީގެ އަލާމާތެއް ފެނިގެން ނޫންކަމަށެވެ. އެއީ ބަލި ފެތުރެމުންދާ ގައުމަކުން އަންނަ މީހެއް ކަމަށްވާނަމަ ކޮންމެ ދިވެއްސަކުވެސް ކަރަންޓީންގެ މުހުލަތު ފުރިހަމަ ކުރަން ޖެހެ އެވެ.

އެޗްޕީއޭއިން އެމީހުން އައީ އިޓަލީވިލާތުގެ ރޯމުން ކަމަށާއި އެމީހުން ރާއްޖެ އައީ މިއަދު ހެނދުނު ކަމަށެވެ. އަދި ކަރަންޓީން ފެސިލިޓީގައި އެ ދެމީހުން14 ދުވަސް މަޑު ކުރަން ޖެހޭނެ ކަމަށް އެޗްޕީއޭއިން ބުނެ އެވެ.

https://twitter.com/HPA_MV/status/1237607378155012096

ކޮވިޑް-19 ގެ ޓާސްކް ފޯސްއިން ބުނީ ބަލިފެތުރެމުންދާ ގައުމުތަކުގެ ތެރެއިން ބަންދުކޮށްފައިވާ ގައުމުތަކުގައި ތިބި ދިވެހިންނަށް އެ ގައުމުތަކުން ބޭރުވުމުގައި އެއްވެސް މައްސަލައެއް ދިމާނުވާނެ ކަމަށެވެ. އަދި އެ ގައުމުތަކުން އަންނަ މީހުންނަށް ރާއްޖެއަށް އެތެރެ ވެވޭނެ ކަމަށާއި. ހަމަ އެކަނި އޮންނާނެ ތަފާތަކީ ކަރަންޓީންގެ މުއްދަތު ފުރިހަމަ ކުރަން ޖެހުން ކަމަށެވެ.

އެގޮތަށް އަމަލު ކުރަނީ ހަލުވިކަމާއި އެކު ވައިރަސް ފެތުރެމުންދާ ގައުމަކުން އައި މީހެއް ކަމަށް ވާނަމަ ބަލީގެ އަލާމަތްތައް ނުވަތަ ވައިރަސް ޖެހިފައި ހުރުމުގެ ފުރުސަތު އޮތުމުން އެ ފުރުސަތު ކުދަ ކުރުމަށް ކަމަށެވެ.

ރާއްޖެއަށް ވައިރަސް ފުރަތަމަ ފެތުރެން ފެށީ އިޓަލީ ޓޫރިސްޓެއްގެ ފަރާތުންނެވެ. މިހާރު ރާއްޖޭގައި ކޮރޯނާ ވައިރަސް ޖެހިފައިވާ ހަ މީހުން އެބަ ތިއްބެވެ.

އޭގެ ތެރޭގައި އުމުރުން70 އަހަރުގެ މީހަކު ހިމެނެ އެވެ. އެމީހާގެ ހާލު ސީރިއަސް ނޫން ނަމަވެސް އުމުރުގެ ގޮތުން ފަރުވާ ދިނުމުގައި އިސްކަން ދިނުމުގެ ގޮތުން އޭނާ ވަނީ ދަރުމަވަންތަ ހޮސްޕިޓަލްގައި ގާއިމްކޮށްފައިވާ ކޮރޯނާ ވައިރަސްއަށް ހާއްސަ އައިސީޔޫއަށް ބަދަލުކޮށްފައި އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް