މިއަދު ކޯވިޑް ވެކްސިން 5،166 މީހުންނަށް ދީފި، ޖުމްލަ 25،000 އަށް

ކޯވިޑް-19 ވެކްސިން މިއަދު 5،000 އަށްވުރެ ގިނަ މީހުންނަށް ދީފި އެވެ. އެޗްޕީއޭއިން އާންމުކޮށްފައިވާ ހިސާބުތަކުގައި ބުނެފައިވާ ގޮތުގައި މިއަދު އެކަނި 5،166 މީހުންނަށް ކޯވިޑް-19 ވެކްސިން ދީފައިވެ އެވެ. އޭ...

11 Feb 2021 | 17:33

ކޯވިޑް-19 ވެކްސިން މިއަދު 5،000 އަށްވުރެ ގިނަ މީހުންނަށް ދީފި އެވެ.

އެޗްޕީއޭއިން އާންމުކޮށްފައިވާ ހިސާބުތަކުގައި ބުނެފައިވާ ގޮތުގައި މިއަދު އެކަނި 5،166 މީހުންނަށް ކޯވިޑް-19 ވެކްސިން ދީފައިވެ އެވެ. އޭގެ ތެރެއިން 4،257 މީހުންނަށް މާލޭގައި ވެކްސިން ދީފައިވާއިރު އަތޮޅު ތެރޭގައި 909 މީހުންނަށް ވެކްސިން ދީފައިވެ އެވެ.

މިހާތަނަށް ވެކްސިން ދިން މީހުންގެ އަދަދަށް ބަލާއިރު 25،327 މީހުން ވެކްސިން ޖަހާފައިވެ އެވެ. އޭގެ ތެރެއިން މާލޭގައި ވެކްސިން ޖަހާފައިވަނީ 20،960 މީހުންނެވެ. އަތޮޅު ތެރޭގައި ކޯވިޑް ވެކްސިން ޖަހާފައިވަނީ 4،367 މީހުންނަށެވެ.

މިއަދުގެ ނިޔަލަށް މާލޭގައި ހަތް ސެންޓަރެއްގައި ވެކްސިން ދީފައިވެ އެވެ. އަތޮޅު ތެރޭގައި ކޯވިޑް ވެކްސިން ދީފައިވަނީ 55 ސެންޓަރެއްގައި އެވެ.

ކޯވިޑް-19 ވެކްސިން ދޭން ފެށީ މިމަހުގެ އެ ވަނަ ދުވަހު އެވެ. ރާއްޖޭގައި އަދި ބޭނުން ކުރަމުންދަނީ އިންޑިއާއިން ހަދިޔާ ކުރި 100،000 ޑޯޒުގެ ކޮވިޝީލްޑް ވެކްސިނެވެ.

މި ވެކްސިން ބޭނުން ކުރުމުގެ ހުއްދަ އިއްޔެ ޑަބްލިއުއެޗްއޯއިން ދީފައިވާއިރު މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީން މި ވެކްސިންއަށް މިދިޔަ މަހުގެ 26 ވަނަ ދުވަހު ވަގުތީ ހުއްދައެއް ދީފައިވެ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް