ރާއްޖެއިން އިތުރު 186 މީހުން ކޯވިޑް-19 އަށް ޕޮސިޓިވް ވެއްޖެ އެވެ.
މިއަދު ޕޮސިޓިވްވެފައިވަނީ މާލޭ ސިޓީން 162 މީހުންނެވެ. ދެން ޕޮސިޓިވްވެފައިވަނީ މީހުން ދިރިއުޅޭ ރަށްތަކުން 14 މީހުންނާއި ރިސޯޓުތަކުން 10 މީހުންނެވެ.
މިއަދު ކޯވިޑަށް ޓެސްޓު ކޮށްފައިވަނީ 4،765 ސާމްޕަލެވެ.
މިވަގުތު ކޯވިޑަށް ފަރުވާ ދެމުން ދަނީ 2،243 މީހުންނަށެވެ. އޭގެ ތެރެއިން 211 މީހުންނަށް ފަރުވާ ދެމުން ދަނީ ހޮސްޕިޓަލްގައި އެޑްމިޓްކޮށްގެންނެވެ.
ބަލި ޖެހުނު މީހުންގެ ތެރެއިން 15،081 މީހުން ވަނީ ރަނގަޅުވެފައި އެވެ.މި ބަލީގައި މިހާތަނަށް 56 މީހުން ރާއްޖެއިން މަރުވެފައިވެ އެވެ.
ރާއްޖެއިން މިހާތަނަށް ކޯވިޑް-19 އަށް ޕޮސިޓިވްވެފައިވަނީ 17،387 މީހުންނެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް