ގއ. މާމެންދޫއާ އަނގޮޅިތީމު ސްކޫލް ތަރައްގީ ކުރުމަށް ޖަޕާނުން ދެ މިލިއަން ރުފިޔާ

ރ. އަނގޮޅިތީމާއި ގއ. މާމެންދޫ ސްކޫލް ތަރައްގީ ކުރުމަށް ޖަޕާން ގްރާންޓް އެސިސްޓެންސް ފޯ ގްރާސްރޫޓް ހިއުމަން ސެކިއުރިޓީ ޕްރޮޖެކްޓް (ޖީޖީޕީ) އިން އެހީ ދީފި އެވެ. މި އެއްބަސްވުންތަކުގައި ޖަޕާނު ސަރުކާރު ފ...

11 Feb 2021 | 11:56

ރ. އަނގޮޅިތީމާއި ގއ. މާމެންދޫ ސްކޫލް ތަރައްގީ ކުރުމަށް ޖަޕާން ގްރާންޓް އެސިސްޓެންސް ފޯ ގްރާސްރޫޓް ހިއުމަން ސެކިއުރިޓީ ޕްރޮޖެކްޓް (ޖީޖީޕީ) އިން އެހީ ދީފި އެވެ.

މި އެއްބަސްވުންތަކުގައި ޖަޕާނު ސަރުކާރު ފަރާތުން ސޮއި ކުރެއްވީ ރާއްޖެެއަށް ކަނޑައަޅާފައި ހުންނަވާ ސަފީރު ޔަނާއީ ކެއިކޯ އެވެ. އަނގޮޅިތީމު ސްކޫލް ފަރާތުން ސޮއ ކުރެއްވީ ޕްރިންސިޕަލް އަހުމަދު އަބްދުﷲ އެވެ. މާމެންދޫ ސްކޫލްގެ ފަރާޓުން ސޮއި ކުރެއްވީ ޕްރިންސިޕަލް އާޒިމް އަބްދުﷲ އެވެ.

މި އެއްބަސްވުމުގެ ދަށުން ކޮންމެ ސްކޫލެއް ތަރައްގީ ކުރުމަށް ވަކި ބަޖެޓެއް ކަނޑައަޅާފައިވެ އެވެ. އެގޮތުން ކޮންމެ ސްކޫލަކަށް ވަކިން1.3 މިލިއަން ރުފިޔާ ދޭނެ އެވެ. މި އެހީގެ ދަށުން އެ ސްކޫލްތަކުގައި އިމާރާތްތަކެއް ބިނާ ކުރާނެ ކަމަށް އެޑިއުކޭޝަން މިނިސްޓްރީން ބުނެ އެވެ.

އެޑިއުކޭޝަން މިނިސްޓްރީން ބުނީ ވޭތުވެދިޔަ އަހަރު ތަކުގައިވެސް ޖަޕާނުން ވަނީ ސްކޫލްތައް ތަރައްގީ ކުރުމަށް ވަރަށް ބޮޑު އެހީތެރިކަމެއް ފޯރުކޮށްދީފައި ކަމަށެވެ.

މި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ޖަޕާނު ސަފީރު ކެއިކޯ ވިދާޅުވިގޮތުގައި ކުރިއަށް އޮތްތާވެސް ޖަޕާން ސަރުކާރުގެ ފަރާތުން ރާއްޖޭގެ ސްކޫލްތަކަށް މިފަދަ އެހީތެރިކަން ފޯރުކޮށްދޭނެއެވެ. އަދި މިއީ ދެ ޤައުމުގެ ގުޅުން ވަރުގަދަ ކުރުމަށް އެޅިގެންދާ މުހިއްމު ފިޔަވަޅެއް ކަމަށްވެސް އެމްބެސެޑަރ ވިދާޅުވިއެވެ.

މިނިސްޓްރީ އޮފް އެޑިޔުކޭޝަންގެ ފަރާތުން މި ރަސްމިއްޔާތުގައި ވާހަކަފުޅު ދެއްކެވި ޕާމަނަންޓް ސެކްރެޓަރީ އަޙުމަދު ޢަލީ ވަނީ ޖަޕާނުން މި ދެއްވި ދީލަތި އެހީތެރިކަން ފާހަގަކޮށް، ޖަޕާން އެމްބަސީއަށާއި ޖަޕާނުގެ ސަރުކާރަށް ވަރަށް ޚާއްސަ ޝުކުރެއް ދަންނަވާފަ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް