ރާއްޖެއިން ކުރެވެން ނެތް ފަރުވާއެއް ކުރުމަށް ރާއްޖެއިން ބޭރަށް ދިއުމަށް ކުރީގެ ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު ކްރިމިނަލް ކޯޓުގައި އެދުމުން ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހުން އެދިފައިވާނީ ޓްރެވަލް ޑޮކިއުމެންޓެއްގެ ދަށުން އޭނާ ބޭސްފަރުވާއަށް ފުރުމުގެ ހުއްދަ ދިނުމަށް ކަމަށް އެ އޮފީހުން ބުނެފި އެވެ.
އަލީ ވަހީދުގެ ޕާސްޕޯޓު ހިފަހައްޓާފައި އޮތީ މުވައްޒަފުންތަކަކަށް ޖިންސީ ގޯނާ ކުރިކަމުގެ ތުހުމަތުގައި އޭނާ އާއި ދެކޮޅަށް އުފުލާފައިވާ ހަތް ދައުވާގެ ޝަރީއަތް ނިމެންދެންނެވެ. އެކަމަކު މައިބަދައިގެ ފަރުވާއެއް ހޯއްދަވަން ކަަމަށް ބުނެ ކޯޓުން ޕާސްޕޯޓު ދޫކޮށްލުމާއި އެކު އިއްޔެ އަލީ ވަހީދު ވަނީ ރާއްޖެއިން ބޭރަށް ވަޑައިގެންފަ އެވެ.
(ތަފްސީލް އަންނަނި)
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް