ދައުވާތަކުގެ ޝަރީއަތް ނިމެންދެން ނިހާންގެ ޕާސްޕޯޓު ހިފަހައްޓައިފި

ޝަރީއަތް ނިމެންދެން މަޖިލީހުގެ ވިލިމާލެ ދާއިރާގެ ކުރީގެ މެންބަރު އަހުމަދު ނިހާންސުހައިން މަނިކުގެ ޕާސްޕޯޓް ހިފަހައްޓައިފިއެވެ. ނިހާންގެ މައްޗަށް ދައުލަތުން އުފުލާފައިވާ ހަ ދައުވާގެ ޝަރީއަތް ނިމެންދެން...

11 Feb 2021 | 09:03

ޝަރީއަތް ނިމެންދެން މަޖިލީހުގެ ވިލިމާލެ ދާއިރާގެ ކުރީގެ މެންބަރު އަހުމަދު ނިހާންސުހައިން މަނިކުގެ ޕާސްޕޯޓް ހިފަހައްޓައިފިއެވެ.

ނިހާންގެ މައްޗަށް ދައުލަތުން އުފުލާފައިވާ ހަ ދައުވާގެ ޝަރީއަތް ނިމެންދެން ނުވަތަ ޝަރީއަތުން އެހެން ވަކި ގޮތެއް ކަނޑައަޅަން ދެން ނިހާންގެ ޕާސްޕޯޓް ހިފެހެއްޓުމަށް ކްރިމިނަލް ކޯޓުން އަމުރުކޮށްފިއެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވެފައި ވަނީ ހިޔާނާތާއި ގުޅުން ހުރި މައްސަލައެއްގައި ނިހާން ފުރުން ވަނީ މަނާކޮށްފައި ކަމަށެވެ. އެކަމަކު މިކަމާއި ގުޅޭ އިތުރު ތަފްސީލެއް ނުދެއްވައެވެ.

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ނިހާން ހުޅުމާލެއިން ފްލެޓެއް ބައްލަވައިގަތުމުގައި ކޮރަޕްޝަން އެކުލެވޭ ކަމަށް ބުނެ ވާހަކަ ދެކެވުނެވެ. އެކަމަކު ނިހާން ވަނީ އެ ވާހަކަތައް ދޮގު ކުރައްވާފައި އެވެ.

އެމްއެމްޕީއާރުސީެ ހިޔާނާތާއި ގުޅިގެން މިހާތަނަށް ދައުވާ އުފުލާފައިވަނީ ތިން މީހެއްގެ މައްޗަށެވެ. އެއީ ކުރީގެރައިސް އަބްދުﷲ ޔާމީން، ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު އަދި އެމްއެމްޕީއާރުސީގެ ކުރީގެ މެނޭޖިން ޑިރެކްޓަރު އަބްދުﷲ ޒިޔަތެވެ.

މީގެ ތެރެއިން ރައީސް ޔާމީން ފަސް އަހަރަށް ޖަލަށް ލައި ފަސް ހާސް ޑޮލަރުން ޖޫރިމަނާ ކޮށްފައިވާއިރު އަދީބަށް ވަނީ 20 އަހަރުގެ ޖަލު ހުކުމެއް އިއްވާފައި އެވެ. އަދި ޒިޔަތަށް އިއްވާފައިވަނީ  11 އަހަރުގެ ޖަލު ހުކުމެކެވެ.

ފުލުހުން ދަނީ މި މައްސަލަ ތަހުގީގު ކުރަމުންނެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް