އެސިސްޓެންޓް ޕްރޮސެކިއުޓާ ޖެނެރަލްގެ މަގާމަށް ފެޒްލީން އައްޔަން ކޮށްފި

އެސިސްޓެންޓް ޕްރޮސެކިއުޓާ ޖެނެރަލްގެ މަގާމަށް އަލްއުސްތާޒާ މަރިޔަމް ފެޒްލީން އައްޔަން ކޮށްފި އެވެ. ފެޒްލީން މަގާމަށް އައްޔަން ކޮށް ލިޔުން ހަވާލުކޮށްދެއްވީ ޕްރޮސެކިއުޓާ ޖެނެރަލް ހުސައިން ޝަމީމެވެ. ޕީޖީ...

11 Feb 2021 | 08:45

އެސިސްޓެންޓް ޕްރޮސެކިއުޓާ ޖެނެރަލްގެ މަގާމަށް އަލްއުސްތާޒާ މަރިޔަމް ފެޒްލީން އައްޔަން ކޮށްފި އެވެ.

ފެޒްލީން މަގާމަށް އައްޔަން ކޮށް ލިޔުން ހަވާލުކޮށްދެއްވީ ޕްރޮސެކިއުޓާ ޖެނެރަލް ހުސައިން ޝަމީމެވެ.

ޕީޖީ އޮފީހުން ބުނީ އެސިސްޓެންޓް ޕްރޮސެކިއުޓާ ޖެނެރަލްގެ މަގާމަށް އަައްޔަން ކުރުމާއި ހަމައަށް ފެޒްލީން ހުންނެވީ އެ އޮފީހުގެ ސީނިއާ ޕަބްލިކް ޕްރޮސިކިއުޓަރުގެ މަގާމުގައެވެ.

ފެޒްލީން ޤާނޫނީ ދާއިރާއިން ހިދުމަތް ކުރަން ފެއްޓެވީ 13 މޭ 2009 ގައި ޕީޖީ އޮފީހުގެ އެސިސްޓެންޓް ޕަބްލިކް ޕްރޮސިކިއުޓަރުގެ މަގާމުން ނެވެ. ފެޒްލީންއަކީ މިވަގުތު ޕްރޮސިކިއުޓާ ޖެނެރަލްގެ އޮފީހުގައި މަސައްކަތް ކުރައްވާ ގާނޫނީ ވަކީލުންގެ ތެރެއިން މި ދާއިރާގައި އެންމެ ތަޖުރިބާކާރު އެއް ގާނޫނީ ވަކީލެވެ.

ފެޒްލީން ވަނީ މޯލްޑިވްސް ކޮލެޖް އޮފް ހަޔާ އެޑިއުކޭޝަންގެ ފެކަލްޓީ އޮފް ޝަރީޢާ އެންޑް ލޯ އިން، ޝަރީޢަތާއި ޤާނޫނުގެ ދާއިރާއިން ބެޗްލާސް ޑިގްރީ ހާސިލްކުރައްވާފައެވެ. އަދި އިންޓަނޭޝަނަލް އިސްލާމިކް ޔުނިވާސިޓީ މެލޭޝިއާއިން ކޮމްޕެރެޓިވް ލޯ އިން މާސްޓާސް ޑިގްރީ ޙާޞިލްކުރައްވާފައެވެ.

މީގެ އިތުރުން ގާނޫނީ ދާއިރާއިން ގިނަ ޢަދަދެއްގެ ސެމިނާރތަކާއި، ޓްރެއިނިން ޕްރޮގްރާމްތައް ފުރިހަމަކުރައްވާފައިވެއެވެ.

ޕީޖީ އޮފީހުން ބުނީ ފެޒްލީން އާއި އެކު އެ އޮފީހުގައި މިވަގުތު ހަތަރު އެސިސްޓެންޓް ޕްރޮސެކިއުޓާ ޖެނެރަލުން އެބަތިއްބެވި ކަމަށެވެ. އެއީ އަބްދުﷲ ރާބިއު، ހުސައިން ނާޝިދު އަދި ޝަމްރާ ޝަމީމްގެ އިތުރުން ފެޒްލީން އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް