ކިރަކީ އަހަރެމެން ކޮންމެ ދުވަހެއްގެވެސް ދުވަސް ފެށުމަށް ބޭނުންކުރާ ބުއިމެކެވެ. ނުވަތަ ކިރު ބޭނުންކޮށްގެން އުފައްދާފައިވާ ޔޯގަޓެއް ނުވަތަ ޗީޒް އެކެވެ. ނުވަތަ އެނޫންވެސް ކޮންމެވެސް ކިރު އެކުލެވޭ ބާވަތެކެވެ. ދުވަސް ފެށުމަށްޓަކާ ކިރު ބޭނުންކުރަނީ ސަބަބުތަކެއްވެސް ހުރެގެންނެވެ.
ކަށިތަކަށް
ކިރަކީ އޭގައި ގިނަ އަދަދެއްގެ ކެލްސިއަމްއާއި ޕްރޮޓީންސްއާއި މެގްނީޒިއަމް އަދި ޕޮޓޭސިއަމް ގެ އިތުރުން ވިޓަމިން ކޭ 12 ވެސް އޭގައި ގިނަ އަދަދަކަށް އެކުލެވޭ ބާވަތެކެވެ. ކެލްސިއަމް އަކީ ކަށިތަކަށް ނުހަނު ފައިދާ ހުރި ނިއުޓްރިއެންޓެކެވެ.
ބަރުދަން ލުއިކުރުން
ކޮންމެ ދުވަހަކު ކިރު ބޭނުންކުރާނަމަ ހަށިގަނޑުގައި އެކުލެވޭ "ހަންގާ ހޯމޯންސް" ތައް ދަށަށް ދެއެވެ. އަދި ކެލްސިއަމްއާއި ވިޓަމިން ޑީ ގެ ސަބަބުން ހަށިގަނޑުގައި ހުންނަ ކެލޮރީސްތައް ވިރުވާލައެވެ.
ބަލިތަކުން ރައްކާތެރިކޮށްދޭ
ގަވައިދުން ކިރު ބޭނުންކުރާނަމަ އޮބެސިޓީ އަދި ލޭމައްޗަށް ދިޔުމުގެ އިތުރުން ކެންސަރ ބަލިންވެސް ރައްކާތެރިކޮށްދެއެވެ. ޔޫރަޕްއާއި އަދި އެމެރިކަން ޔުނިވާސިޓީސްތަކާ ގުޅިގެން ތައްޔާރުކުރި ދިރާސާއަކުން ދައްކާގޮތުގައި ކޮންމެ ދުވަހަކު ކިރު ބޭނުންކުރާނަމަ ކެންސާ ޖެހުމުން ދުރުކޮށްދެއެވެ.
ހަމުގެ ބަލިތައް ޖެހުން
2016 ވަނަ އަހަރު ހަދާފައިވާ ދިރާސާއަކުން ދައްކާ ގޮތުގައި ހަންގަނޑުގެ މައްސަލަތައް ދިމާވެފައި ހުރި އަދި މޫނުގައި އޮށާޅަ ނެގުން ފަދަ ކަންތައްތައް ދިމާވެފައި ތިބި ގިނަ މީހުންނަކީ ވަރަށް ގިނަ އަދަދެއްގެ ކިރު ކޮންމެ ދުވަހަކު ބޯ މީހުންނެވެ. އެހެން ކަމުން މާ ގިނައިން ކިރު ބުއިމުންވެސް އެކަމުން ގެއްލުން ލިބެއެވެ.
ބަނޑުގެ މައްސަލަތައް
ކިރު ބުއިމުން ބަނޑުގެ މައްސަލަތައް ދިމާވާކަމަށް ދިރާސާތަކުން ދައްކައެވެ. އެގޮތުން މާބޮޑަށް ގޭސް ހެދުމާއި ބަނޑު ދިޔާވުން ނުވަތަ ބައެއް މީހުންގެ ބަނޑު ހިކުންވެސް މިއީ ވަރަށް އާންމު ކަމެއް މި ދިރާސާއިން ދައްކައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް