ޔޫއެސްޑަބުލިޔުއެޗްސީ: މުބާރާތުގެ ފޯރިގަދަ ސެމީ ފައިނަލް މެޗުތައް މިރޭ

މުޅި ލާމު އަތޮޅަށް ހުޅުވާލައިގެން ލ.ފޮނަދޫގައި މިހާރު ކުރިއަށް ގެންދާ ޔުނިކްސް ސްޕޯޓިންގް ވިމެންސް ހޭންޑްބޯލް ޖެލެންޖް 2021ގެ ސެމީފައިނަލްގެ މެޗުތައް މިރޭ ކުޅޭނެއެވެ. މި މުބާރާތުގެ ސެމީފައިނަލްގެ މެޗު...

11 Feb 2021 | 06:55

މުޅި ލާމު އަތޮޅަށް ހުޅުވާލައިގެން ލ.ފޮނަދޫގައި މިހާރު ކުރިއަށް ގެންދާ ޔުނިކްސް ސްޕޯޓިންގް ވިމެންސް ހޭންޑްބޯލް ޖެލެންޖް 2021ގެ ސެމީފައިނަލްގެ މެޗުތައް މިރޭ ކުޅޭނެއެވެ.

މި މުބާރާތުގެ ސެމީފައިނަލްގެ މެޗުތައް މިރޭ ކުޅުމަށް ހަމަޖެހިފައިވާއިރު، ސެމީގެ މެޗުތައް ފަށާނީ މިރޭ 8:30 ގައެވެ. އެގޮތުން ސެމީގެ ފުރަތަމަ މެޗުގައި ބައްދަލުކުރާނީ ކާމް އެމްބީޑީ އާއި ދުނޑީ ރިވޮލއުޝަން ޔޫތްއެވެ. ސެމީގެ ދެވަނަ މެޗުގައި ގޯޅި ސްޕޯޓްސް ކުލަބާއި ކުރިގަމް ކަނބަލުން ބައްދަލުކުރާއިރު، މި މެޗު ފަށާނީ މިރޭ 9:30 ގައެވެ.

ތުނޑީ ރިވޮލިއުޝަން ޔޫތް މުބާރާތުގެ ސެމީއަށް ދަތުރުކުރީ ކުއާޓާފައިނަލްގައި ވަރުގަދަ ލާމް ޔޫތް މޫވްމަންޓް ބަލިކުރުމަށް ފަހުގައެވެ. އަދި ސެމީގައި ތުނޑީ ރިވޮލިއުޝަން ޔޫތް އާއި ދެކޮޅަށް ނިކުންނަ ކާމް އެމްބީޑީ ސެމީއަށް ދަތުރުކުރީ އެލްވައިޑީ ހެންޑްބޯލް އެކަޑަމީ ބަލިކުރުމަށް ފަހުގައެވެ.

ސެމީގެ ދެވަނަ މެޗުގައި ބައްދަލުކުރާ ކުރިގަމް ކަނބަލުން އަދި ގޯޅި ސްޕޯޓްސް ކުލަބު ސެމީއަށް ދަތުރު ކުރި ގޮތައް ބަލާއިރު، ކުރިގަމް ކަނަބަލުން ސެމީއިން ޖާގަ ހޯދީ އައިލެންޑް ޔޫތް ޔުނައިޓެޑް ބަލިކުރުމަށް ފަހުގައެވެ. އަދި ގޯޅި ސްޕޯޓްސް ކުލަބު ސެމީއިން ޖާގަ ހޯދީ ޑަބްލިޔުޑީސީ މާމެންދޫ ބަލިކުރުމަށް ފަހުގައެވެ.

ސެމީފައިނަލްގެ މެޗުތައް  މިރޭ ފެށޭއިރު، ސެމީ ފައިނަލްގެ ފުރަތަމަ މެޗަކީ ގިނަބައެއްގެ ސަމާލުކަމަށް އެންމެ ބޮޑަށް އައިސްފައިވާ އެންމެ ފޯރިގަދަވާނެ ކަމަށް ބެލެވޭ އެއްމެޗެވެ. ކާމް އެމްބީޑީ އަދި ތުނޑީ ރިވޮލިއުޝަން ޔޫތް ބައްދަލުކުރާ މި މެޗަކީ ފޯރިގަދަ އަދި ގިނަބަޔަކު ބަލާހިއްވާ ފަދަ ކުޅުމެއް ފެނިގެންދާނެ މެޗެއްގެ ގޮތުގައި ގިނަ ބަޔަކު ފާހަގަކުރެއެވެ.

މި މެޗުގައި އެއްކޮޅުން ބައްދަލުކުރާ ކާމް އެމްބީޑީ އަކީ ގިނަ ޒުވާން ކުޅޫންތެރިންތަކެއް އެކުލެވޭ މި މުބާރާތުގައި މިހާތަނަށް ކުޅުނު ހުރިހާ މެޗެއްގައި ވެސް އިދިކޮޅު ޓީމުތައް ޖެހިލުންވާ ފަދަ މޮޅު ކުޅުމެއް ދައްކާ ބޮޑެތި ނަތީޖާ ތަކެއް ނެރެގެން އެއްވެސް މެޗަކުން ބަލިނުވެ ސެމީއަށް ދަތުރުކޮށްފައިވާ ޓީމެކެވެ. އަނެއް ކޮޅުން މި މެޗުގައި ކާމް އެމްބީޑީއާއި ދެކޮޅަށް ނިކުންނަ ތުނޑީ ރިވޮލިއުޝަން ޔޫތް އަކީ ވެސް މި މުބާރާތުގައި ރަނގަޅު ކުޅުމެއް ދައްކަމުން ވަރުގަދަ ޓީމުތަކެއް ބަލިކުރުމަށްފަހު ސެމީއާއި ހަމައަށް އައިސްފައިވާ ޓީމެކެވެ. އެހެން ކަމުން މި މެޗު ވެގެންދާނީ ގިނަ ބަޔަކު ބަލާހިއްވާ ވަރަށް ފޯރިގަދަ ކުޅުމެއް ފެނިގެންދާނެ މެޗެއްގެ ގޮތުގައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް