ފުވައްމުލައް ސިޓީއިން އިތުރު ތިން މީހަކު ކޮވިޑަށް ފައްސިވެއްޖެ

ފުވައްމުލައް ސިޓީއިން އިތުރު 3 މީހަކު ކޮވިޑަށް ފައްސިވެއްޖެއެވެ. އެ ތިން މީހުންގެ ކޮންޓެކްޓް ޓްރޭސިންގް، ހޮސްޕިޓަލްގެ ފަރާތުން ކުރިއަށް ދާ ކަމަށް ފުވައްމުލައް ސިިޓީގެ މޭޔަރ ވިދާޅުވިއެވެ. ފުވައްމުލައް ...

11 Feb 2021 | 06:55

ފުވައްމުލައް ސިޓީއިން އިތުރު 3 މީހަކު ކޮވިޑަށް ފައްސިވެއްޖެއެވެ.

އެ ތިން މީހުންގެ ކޮންޓެކްޓް ޓްރޭސިންގް، ހޮސްޕިޓަލްގެ ފަރާތުން ކުރިއަށް ދާ ކަމަށް ފުވައްމުލައް ސިިޓީގެ މޭޔަރ ވިދާޅުވިއެވެ.

ފުވައްމުލައް ސިިޓީގެ މޭޔަރ އަބްދުﷲ ފަލާޙް ޝަރީފް 'ދުވަސް' އަށް ވިދާޅުވީ ފުރަތަމަ ރެންޑަމް ސާމްޕަލްއިން ޕޮޒިޓިވް ވި މީހާއާ ޑައިރެކްޓް ކޮންޓެއްޓްވި އަށް މީހަކު ފާހަގަ ވި ކަމަށެވެ. އެ އެންމެންވެސް ވަނީ ޕޮޒިޓިން ވެފައި ކަމަށް ފަލާޙް ވިދާޅުވިއެވެ.

ފުވައްމުލައް ސިޓީން ފައްސިވެފައިވާ މީހުންގެ ތެރެއިން، ހޮސްޕިޓަލައިޒް ކުރެވިފައިވާ މީހާ ފިޔަވާ އެހެން އެންމެންގެ ހާލު ވެސް ރަނގަޅު ކަމަށް ފަލާޙް ވިދާޅުުވިއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް