އަލިފުށީ ހޯމްކަރަންޓީން ފުރިހަމަ ކުރި އެއް މަހުގެ ތުއްތު ކުއްޖެއް ކޮވިޑަށް ފައްސިވެއްޖެ

އަލިފުށީ ހޯމްކަރަންޓީން ފުރިހަމަ ކުރި އެއް މަހުގެ ތުއްތު ކުއްޖެއް ކޮވިޑަށް ފައްސިވެއްޖެއެވެ. އެކަން އަލިފުށީ ކައުންސިލްގެ ރައީސް އަބްދުﷲ ރާޒީ ވަނީ 'ދުވަސް' އަށް ކަށަވަރު ކޮށްދީފައެވެ. އާއިލާގެ ޖުމުލަ ...

11 Feb 2021 | 06:37

އަލިފުށީ ހޯމްކަރަންޓީން ފުރިހަމަ ކުރި އެއް މަހުގެ ތުއްތު ކުއްޖެއް ކޮވިޑަށް ފައްސިވެއްޖެއެވެ. އެކަން އަލިފުށީ ކައުންސިލްގެ ރައީސް އަބްދުﷲ ރާޒީ ވަނީ 'ދުވަސް' އަށް ކަށަވަރު ކޮށްދީފައެވެ.

އާއިލާގެ ޖުމުލަ 9 މެމްބަރުން ހޯމް ކަރަންޓީން ފުރިހަމަ ކުރުމަށްފަހު ނެގި ރިލީޒް ސާމްޕަލްގައި މި ތުއްތު އަންހެން ކުއްޖާ ފައްސިވެފައި ވާއިރު، އެކުއްޖާގެ މަންމަ އާއި ބައްޕަގެ ނަތީޖާ ވަނީ ނައްސިވެފައެވެ. ރާޒީ ވިދާޅުވީ، ތުއްތު ކުއްޖާގެ މާމަގެ ސާމްޕަލް މިއަދު ނަގާފައި ވާ ކަމަށާއި މާމަގެ ކަރަންޓީނާމެދު ގޮތެއް ނިންމޭނީ ނަތީޖާ ލިބުނުން ކަމަށެވެ.

ކުއްޖާގެ މަންމަ ނައްސިވެފައި ވީ ނަމަވެސް، އެއް އަހަރުގެ ތުއްތު ކުއްޖެއް ކަމުން، އެކުއްޖާގެ މަންމައާއި މާމަ މުހިންމު ވާނެ ކަމަށާއި، އެ ސަބަބާ ހުރެ އެ ކުއްޖާ މިވަގުތު ހުރީ ކުއްޖާގެ މަންމައާ އެކުގައި ކަމަށް ރާޒީ ވިދާޅުވިއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް