ސާރާ އަލީ ޚާންގެ ވިސްޑަމް ޓޫތް ނަގައިފި

ސާރާ އަލީ ޚާން މިވަނީ މިފަހަރު ވަރަށް ތަފާތު ވީޑިއޯއެއް އޭނާގެ ފޭނުންނަށް ދޫކޮށްލާފައެވެ. އެގޮތުން ވީޑީއޯގައި ފެނުގެންދަނީ ސާރާ އަލީ ޚާން ޑެންޑިސްޓަށް ގޮސް އުޅޭ ތަނެވެ. އަދި ސާރާގެ ވީޑިއޯގައި އޭނާ ބުނ...

11 Feb 2021 | 06:33

ސާރާ އަލީ ޚާން މިވަނީ މިފަހަރު ވަރަށް ތަފާތު ވީޑިއޯއެއް އޭނާގެ ފޭނުންނަށް ދޫކޮށްލާފައެވެ.

އެގޮތުން ވީޑީއޯގައި ފެނުގެންދަނީ ސާރާ އަލީ ޚާން ޑެންޑިސްޓަށް ގޮސް އުޅޭ ތަނެވެ. އަދި ސާރާގެ ވީޑިއޯގައި އޭނާ ބުނެފައިވަނީ ސާރާ މުޅިން ރަނގަޅު ކަމަށާއި އަދި ޑރ. ރާޖޭޝް އަކީ ވަރަށް ރަނގަޅު ޑޮކްޓަރެއް ކަމަށެވެ. އަދި ޑޮކްޓަރުން އެ އުޅެނީ ސާރާގެ ދަތް ނަގަން ކަމުގައިވެސް ސާރާ ބުނެފައިވެއެވެ.

ދެން ފެނިގެންދަނީ ދަތް ނެގުމަށް ފަހުގައި ސާރާ ވަރަށް އުނދަގުލުން ވާޖަކަ ދައްކަމުންދާ މަންޒަރެވެ. އަދި ސާރާގެ ދަތް ނެގުމުގައި ބައިވެރިވި ޑޮކްޓަރުންނާއި ނަރުހުންވެސް ދައްކާލާފައިވެއެވެ.

https://www.youtube.com/watch?v=cHW5aueQqk4

ސާރާގެ ޑޮކްޓަރު ވަނީ ސާރާގެ ވިސްޑަމް ޓޫތް ވެސް ދައްކާލާފައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް