މަތީ ތައުލީމަށް 770 ލޯނުގެ ފުރުސަތު: މިއީ ރިކޯޑް އަދަދެއް

ރާއްޖެއާއި ރާއްޖެއިން ބޭރުން މަތީ ތައުލީމް ކިޔަވަން ބޭނުންވާ ފަރާތްތަކަށް ސަރުކާރުން ދޫކުރާ 770 ލޯނަށް ކުރިމަތިލުމުގެ ފުރުސަތު އިއްޔެ ހުޅުވާލައިފި އެވެ. މިނިސްޓްރީ އޮފް ހަޔާ އެޑިއުކޭޝަނުން ބުނީ، ލޯނަށ...

11 Feb 2021 | 06:01

ރާއްޖެއާއި ރާއްޖެއިން ބޭރުން މަތީ ތައުލީމް ކިޔަވަން ބޭނުންވާ ފަރާތްތަކަށް ސަރުކާރުން ދޫކުރާ 770 ލޯނަށް ކުރިމަތިލުމުގެ ފުރުސަތު އިއްޔެ ހުޅުވާލައިފި އެވެ.

މިނިސްޓްރީ އޮފް ހަޔާ އެޑިއުކޭޝަނުން ބުނީ، ލޯނަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލީ އަލަށް ކިޔަވާ 299 ދަރިވަރެއްގެ އިތުރުން މިހާރު ކިޔަވަމުންދާ 471 ދަރިވަރަކަށް ކަމަށެވެ.

މިދިޔަ އަހަރު ސަރުކާރުން 550 ހުޅުވާލީ ޖުމްލަ 550 ލޯނުގެ ފުުރުސަތެވެ.

މިކަމަށް އެދި، އިއުލާނުގެ މުއްދަތު ހަމަވުމުގެ ހަތް ދުވަސް ކުރިން އެޕްލިޚޭޝަން ހުށަހަޅަން ވާނެ ކަމަށް ހަޔާ އެޑިއުކޭޝަނުން ބުނެއެވެ.

މި މަހުގެ 26 ކުރިން ހުށަހަޅާ އެޕްލިކޭޝަންތައް މިނިސްޓްރީން ބެލުމަށްފަހު ރަނގަޅު ކުރަންޖެހޭނަމަ އެކަން އަންގައި ރަނގަޅު ކުރުމަށް ފުރުސަތު ދެވޭނެ އެވެ.

ލޯނާއި ގުޅޭ މައުލޫމާތު ޝެޝަންތައް އޮންނާނީ މި މަހުގެ 18 އަދި 25 ވާ ބުރާސްފަތި ދުވަހު 13:00 އިން 14:00 އަށް ފޭސްބުކް ލައިވް މެދުވެރިކޮށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް