"ތޯހާ މަތިން، އިރާދަކުރެއްވިއްޔާ ހަނދާން ކުރާނަން މަހުޝަރު ބިންމަތީވެސް" ފްލެޓް ޝަކުވާ

"ތޯހާ މަތިން އިރާދަކުރެއްވިއްޔާ ހަނދާން ކުރާނަން މަހުޝަރު ބިންމަތީވެސް"  އާއްމުކުރި ލިސްޓްގައި ނަން ނެތް ފަރާތަކުން ބުނެފައި ވެއެވެ. އެ އަންހެން މީހާ އިތުރަށް ބުނެފައި ވަނީ ޠާހާއަށް ދައުވާ ވެސް ކުރާނެ...

11 Feb 2021 | 05:47

"ތޯހާ މަތިން އިރާދަކުރެއްވިއްޔާ ހަނދާން ކުރާނަން މަހުޝަރު ބިންމަތީވެސް"  އާއްމުކުރި ލިސްޓްގައި ނަން ނެތް ފަރާތަކުން ބުނެފައި ވެއެވެ.

އެ އަންހެން މީހާ އިތުރަށް ބުނެފައި ވަނީ ޠާހާއަށް ދައުވާ ވެސް ކުރާނެ ކަމަށެވެ. އަދި ލިބިފައި އޮތް ފްލެޓެއ، ޠާހާ އަތުލާފައި ވާ ކަމަށް ބުނެއެވެ.

އެކަން ކުރީ އެހެން ދެވަނަ މީހެއް ނޫން ކަމަށާއި، އެއީ ޠާހާ ކުރި ކަމެއް ކަމަށް އެ އަންހެން މީހާ ބުނެއެވެ. އަދި ޠާހާ ބޭނުން މީހަކަށް ޠާހާ ދޭންވެގެން ފްލެޓް އަތުލީކަމަށް ވެސް ބުނެފައި ވެއެވެ.

https://twitter.com/midh_am/status/1359536534974652419

ފްލެޓްތަކުގެ ދާއިމީ ލިސްޓް ނެރުމާ ގުޅިގެން އާއްމުން ދަނީ މީސްމީޑިޔާގައި ނުރުހުން ފާޅުކުރަމުންނެވެ. ބައެއް މީހުން ބުނާ ގޮތުގައި އެމީހުންނަށް ހައްގުވާ ފްލެޓް އަތުލީ ކަމަށެވެ.

މި މައްސަލައިގައި ފްލެޓް ކޮމިޓީން ބުނެފައި ވަނީ، ފްލެޓް ހައްގުވި ނަމަވެސް ބައެއް ފަރާތްތަކަށް ފްލެޓް ލިބިފައި ނުވަނީ، އެވަރަށް ފްލެޓް ނެތުމުން ކަމަށެވެ. އެގޮތުން، ޝަރުތު ހަމަވެ، ފްލެޓް ނުލިބި 14107 މީހުން ތިއްބެވެ.

6720 ފްލެޓަށް ކުރިމަތި ލާފައި 23000 އަށް ވުތެ ގިނަމީހުން ތިއްބެވެ. ފްލެޓް ކޮމިޓީގެ ރައީސް ޠާހާ މުޙައްމަދު ވިދާޅުވީ، އެކި ކެޓަގަރީތަކަށް ވަކި އަދަދަތަށް ފްލެޓް ކަނޑައަޅާފއި ވާއިރު، ޝަރުތު ހަމަވި ނަމަވެސް ފްލެޓް ލިބޭނީ ކޮންމެވެސް އެއް ބަޔަކަށް ކަމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް