އިސްލާމީ މަރުކަޒުގައި މިއަދުން ފެށިގެން ކޯވިޑް-19 ވެކްސިން ދެމުން ދާނެ ކަމަށް އެޗްޕީއޭއިން ބުނެފިއެވެ.
އެޗްޕީއޭއިން ބުނެފައި ވަނީ، އުމުރުން 55 އަހަރުގެ މަތީގެ އެންމެންނަށް އިސްލާމީ މަރުކަޒުގައި ކޮވިޑް-19 ދިފާއީ ވެކްސިން ދޭނެކަމަށެވެ.
45 އާއި 55 އަހަރާ ދެމެދު އުމުރުފުރައިގެ މީހުންގެ ތެރެއިން ދިގު މުއްދަތަށް ބޭސް ބެނުންކުރާ މީހުންނަށް ހަވީރު 5:00 ޖަހަންދެން އިސްލާމީ މަރުކަޒުން ވެކްސިން ލިބޭނެ ކަމަށް އެޗްޕީއޭއިން ބުނެއެވެ.
ރައްޔިތުންގެ މަޖިލީހުގައިވެސް ވެކްސިން ދިނުމުގެ އިންތިޒާމު ހަމަޖައްސާފައިވެއެވެ.
މަޖިލީހުގެ އިދާރާއިން ބުނެފައިވާގޮތުގައި އެ އިދާރާއާއި އެޗްޕީއޭ އަދި އޭޑީކޭ ހޮސްޕިޓަލް ގުޅިގެން އާންމުންނަށް ކޮވިޑް ވެކްސިން ޖެހުމުގެ އިންތިޒާމް މަޖިލީހުގެ އިދާރާގައި ހަމަޖައްސައި ވެކްސިން ޖަހަން ވަނީ ފަށާފައެވެ. ވެކްސިން ޖެހުން ކުރިއަށްދާނީ ހުކުރު ދުވަސްފިޔަވައި ކޮންމެ ދުވަހެއްގެ ހެނދުނު 8:00 އިން ހަވީރު 6:00 އަށް ކަމުގައި އެ އިދާރާއިން ވަނީ ބުނެފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް