އައްޑޫއިން އިތުރު ހަ މީހެއް ކޮވިޑަށް ފައްސިވެއްޖެއެވެ. މިއީ އައްޑޫ ސިޓީގެ އޭވިއޭޝަން ކްލަސްޓަރއިން ފައްސިވި ހަ މީހުންނެވެ.
އައްޑޫ ސިޓީގައި އޭވިއޭޝަން ކްލަސްޓަރއާ ގުޅޭ ޖުމުލަ 28 މީހަކު މިހާތަނަށް އައްޑޫއިން ކޮވިޑަށް ފައްސިވެފައި ވެެއެވެ. އަދި ގދ. ތިނަދޫގައި މި ކްލަސްޓަރގެ 3 މީހަކު ފައްސިވެފައި ވެއެވެ. އެހެންކަމުން އޭވިއޭޝަން ކްލަސްޓައިން ކޮވިޑަށް ފައްސި އަދަދު މިވަނީ 31ށް އަރާފައެވެ.
އައްޑޫއިން މި ކްލަސްޓަރގެ ޑައިރެކްޓް ކޮންޓްރެކްޓުންގެ އަދަދު މިހާރު ވަނީ 310 އަކަށް އަރާފައެވެ.
އައްޑޫ ސިޓީގެ އެންމެ ފަހުގެ އަދާހަމަތަކަށް ބަލާއިރު، އެމްޓީސީސީ ކްލަސްޓަރ އާ ގުޅިގެން 26 މީހަކު ކޮވިޑަށް ފައްސިވެފައި ވެއެވެ. އައްޑޫ ސިޓީން ޖުމުލަ 55 މީހުން މިހާތަނަށް ކޮވިޑަށް ފައްސިވެފައި ވެއެވެ.
އައްޑޫގައި ކޮންޓެކްޓު ޓްރޭސިން ހަދަމުންދާތީ މިވަގުތު އެއްގެއިން އަނެއް ގެޔަށް ދިއުން ވަނީ މަނާކޮށްފައެވެ. އަދި ބިދޭސީން ގޭގެއަށް މަސައްކަތް ކުރުމަށް ގެނައުންވެސް މަނާކޮށްފައި ވެއެވެ. އަދި ރޭގަނޑު 8 އިން ފަތިހު 4 އާއި ހަމައަށް ކާފިއު އިއުލާނު ކުރެވިފައި ވެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް