ދަނގެތީގައި ވަރަށް ފަހުން ހުޅުވި ރެސްޓޯރެންޓެއް އަނދާ ހުލިވެއްޖެ !

އދ. ދަނގެތީގައި ރޭގައި ހިނގި ނުރައްކާތެރި އަލިފާނުގެ ހާދިސާއެއްގައި އެ ރަށުގެ ރެސްޓޯރެންޓެއް އަނދާ ހުލިވެއްޖެއެވެ. ދުވަހަށް މައުލޫމާތުދެމުން އެ ރަށުން ވާހަކަދެއްކި މީހާ ބުނީ ރޭގެ ދަންވަރުގެ ވަގުތެއްގަ...

11 Feb 2021 | 03:08

އދ. ދަނގެތީގައި ރޭގައި ހިނގި ނުރައްކާތެރި އަލިފާނުގެ ހާދިސާއެއްގައި އެ ރަށުގެ ރެސްޓޯރެންޓެއް އަނދާ ހުލިވެއްޖެއެވެ.

ދުވަހަށް މައުލޫމާތުދެމުން އެ ރަށުން ވާހަކަދެއްކި މީހާ ބުނީ ރޭގެ ދަންވަރުގެ ވަގުތެއްގައި އެކަން ބަޔަކަށް އެނގުނު އިރު އަލިފާން އޭރު ހުރީ ވަރަށް ބޮޑަށް ހިފާފައިކަމުން އެއްކޮށް އަނދާ ހުލިވެފައިވާކަމަށް ބެލެވޭ ކަމަށެވެ.

"ފާރުތަކެއް އެކަނި އަނެއްހެން ނާނދާ ޒާތުގެ އެއްތަކަށް ތަނުގަ ހުރީ، މުޅިންވެސް ލަކުޑިއާ އެ ޒާތުގެ ތަކެތިން ހަދާފަ ހުރި ތަނެއްވީކަމަށް ބެލެވެނީ އެހާބޮޑަށް އަނދާ އެ ހުލިވީ" ދުވަހަށް މައުލޫމާތު ހިއްސާކުރި ފަރާތުން ބުންޏެވެ.

ދުވަހަށް އެނގިފައިވާގޮތުގައި ކޮމްޕަސް ބީޗް އެންޑް ބިސްޓްރޯގެ ނަމުގައި ހިންގަމުންދިޔަ އެ ރެސްޓޯރެންޓަކީ މިދިޔަ އަހަރުގެ އޮކްޓޯބަރު މަހުގެ ފަހުކޮޅު ހިންގަންފެށި ތަނެކެވެ. ތަނުގެ ވެރިންގެ ބަހެއް ދުވަހަށް އަދި ލިބޭގޮތް ވަނީ ނުވެފައެވެ. އަދި ރަށުގެ ކައުންސިލްގެ ބަހެއްވެސް އަދި ނުލިބެއެވެ. ސިފައިންނާއި ފުލުހުންގެ ބަހެއްވެސް އަދި ލިބިފައެއް ނުވެއެވެ.

ދުވަހަށް މައުލޫމާތު ހިއްސާކުރި އެ ރަށުގެ ދެވަނަ ފަރާތަކުން ބުނީ އެ ހާދިސާ ހިނގިކަން ބަޔަކަށް އެނގުނީ ރަށުން ދަންވަރު ކަރަންޓު ކެނޑިގެން މަގުމައްޗަށް ނިކުތް ބަޔަކަށް ކަމަށެވެ. އޭރުވެސް ވަރަށް ބޮޑަށް ހުރީ އަލިފާން ރޯވެފައި ކަމަށެވެ. އަދި އެތަނާއި ޖެހިގެން ގުދަނެއް ވެސް ހުންނަ ކަމަށާއި ނަމަވެސް އެ ގުދަނަށް މާބޮޑު ގެއްލުމެއް ލިބިފައިނުވާކަމަށްވެސް މައުލޫމާތު ދިނެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް