ފެނަކައިގެ ދެ މުވައްޒަފަކު ކަރަންޓުގައި ޖެހި އެކަކު ސީރިއަސް ހާލުގައި

އައްޑޫ ސިޓީ ފެނަކަ އޮފީހުގެ ދެ މުވައްޒަފަކު ކަރަންޓުގައި ޖެހިގެން ހިތަދޫ ރީޖަނަލް ހޮސްޕިޓަލުގައި ފަރުވާ ދޭން ފަށައިފި އެވެ. ކަރަންޓުގައި ޖެހިގެން ފަރުވާދެމުން ދަނީ އެ ބްރާންޗުގައި މަސައްކަތް ކުރާ ދެ ޓ...

11 Feb 2017 | 16:24

އައްޑޫ ސިޓީ ފެނަކަ އޮފީހުގެ ދެ މުވައްޒަފަކު ކަރަންޓުގައި ޖެހިގެން ހިތަދޫ ރީޖަނަލް ހޮސްޕިޓަލުގައި ފަރުވާ ދޭން ފަށައިފި އެވެ.

ކަރަންޓުގައި ޖެހިގެން ފަރުވާދެމުން ދަނީ އެ ބްރާންޗުގައި މަސައްކަތް ކުރާ ދެ ޓެކްނީޝަނުން ކަމަށްވާ މުހައްމަދު ނާޒިމާއި މުހައްމަދު މުނައްވަރަށެވެ. މީގެ ތެރެއިން ނާޒިމް ގެ ހާލު ސީރިއަސް އިރު އޭނާއަށް ފަރުވާދެމުން ދަނީ އައިސީޔޫގައި އެވެ.

އެ ދެމީހުން ކަރަންޓުގައި ޖެހުނީ ހިތަދޫ ސްޓޭޑިއަމް އަށް ކަރަންޓު ގުޅުމުގެ މަސައްކަތް ކުރަނިކޮށް ކަމަށް މައުލޫމާތު ލިބެ އެވެ. ފުލުހުން ބުނީ އެ ހާދިސާ ރިޕޯޓު ކުރީ މިރޭ 7:20 އެހާއިރު ކަމަށެވެ.

މި ހާދިސާއާއި ގުޅިގެން ފެނަކަ ކޯޕަރޭޝަނުން ނެރެފައިވާ ބަޔާނެއްގައި ބުނެފައިވަނީ އެ މައްސަލަ ތަހުގީގު ކޮށްދިނުމަށް އެދި ފުލުހުންނަށް ހުށަހަޅާފައިވާ ކަމަށެވެ. އަދި ކުންފުނީގެ ތެރެއިންވެސް ހާދިސާ ހިނގަން މެދުވެރިވި ސަބަބު ދެނެގަތުމަށް ތަހުގީގެއް ހިންގާނެ ކަމަށް ބުނެފައިވެ އެވެ.

މީގެ އަހަރެއްހާ ދުވަސް ކުރިންވެސް ފެނަކައިގެ މުވައްޒަފަކު ވަނީ ކަރަންޓުގައި ޖެހިގެން މަރުވެފައި އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް